logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ސިޓީގެ ކޯޗު އަދި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއްކޯޗު ޕަލަޞްޠީނުގެ ދިފާޢުގައި

އަބްދުﷲ ޣާނިމް
9 އޮކްޓޯބަރު 2025 - 03:45
މެންޗެސްޓަރ ސިޓީގެ ކޯޗު އަދި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއްކޯޗު ޕަލަޞްޠީނުގެ ދިފާޢުގައި

މެންޗެސްޓަރ ސިޓީގެ މެނޭޖަރު އަދި ފުޓްބޯޅައިގެ ތާރީޚުދުއް އެންމެ ކާމިޔާބު އެއް ކޯޗު، ޕެޕް ގާޑިއޯލާ ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ސަރުކާރުތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައެވެ. އަދި މި މައްސަލައިގައި އާންމު ރައްޔިތުން ސަރުކާރުތަކަށް ޕްރެޝަރު ކުރުމަށްވެސް އޭނާ ގޮވާލައިފައިވެއެވެ. މީގެ އިތުރުން މިހާރު އިސްރާޢީލުން ޣާޒާގައި ހިނގަމުން ގެންދަނީ 'ޖެނޮސައިޑް' އެއް ކަމަށް ގާޑިއޯލާ ވަނީ ސިފަކޮށްފައެވެ.

54 އަހަރުގެ ގާޑިއޯލާ ވަނީ އޭނާގެ އުފަން ރަށް ބާސެލޯނާގައި އޮކްޓޯބަރު 4 ގައި ބޭއްވުނު ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާއަށް ތާއީދުކޮށްފައެވެ. އޭނާ މި މައްސަލައިގައި ދައްކާފައިވާ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރި، ޓްވިޓަރ (އެކްސް) ގައި 5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެންނަށް މިވަގުތު ފެންނަމުން މިދަނީ ލައިވް ޖެނޮސައިޑެއް. ހާސްތަކެއް ކުޑަކުދިން މަރުވެއްޖެ. އަދި އިތުރު ކުދިން މަރުވެދާނެ. ޣައްޒާ ސްޓްރިޕް ވަނީ ފުނޑުފުނޑުވެފައި. އެތައް ބަޔަކު ހިޔާވަހިކަމެއް، ކާއެއްޗެއް، ބޯފެން އަދި ބޭސްފަރުވާއެއް ނެތި އުޅެމުންދަނީ،" ގުއާޑިއޯލާ ބުންޏެވެ.

 

މީގެ ކުރިންވެސް ގުއާޑިއޯލާ ވަނީ މި މައްސަލައިގައި އޭނާގެ ހިތާމަ ފާޅުކޮށްފައެވެ. ޖޫން މަހު މެންޗެސްޓަރ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް ލިބުމަށްފަހު އޭނާ ވިދާޅުވީ މި މައްސަލައަކީ އައިޑިއޮލޮޖީގެ މައްސަލައެއް ނޫން ކަމަށާއި، އިންސާނީ ފުރާނައިގެ އަގު ވަޒަންކުރުމުގެ މައްސަލައެއް ކަމަށެވެ. މީގެ އިތުރުން ގާޑިއޯލާގެ ދަރިފުޅު މާރިޔާ ގާޑިއޯލާ އަކީވެސް ޕަލަޞްޠީނުގެ ދިފާޢުގައި ސޯސަލް މީޑިޔާގައި ޝުޢޫރުފާޅުކުރަމުންގެންދާ ފަރާތެކެވެ.

ގާޑިއޯލާގެ އިތުރުން އެތަކެއް ފުޓުބޯޅަ ތަރިންނެއް ވަނީ ފަލަސްތީނަށް ތާއީދުކޮށް އަޑު އުފުލާފައެވެ. މީގެ ތެރޭގައި ކްރިސްޓަލް ޕެލަސްގެ ޗެއިކް ޑޫކޫރޭ އާއި ކުރީގެ ޗެލްސީ ކުރީގެ ކުޅުންތެރިޔާ ހަކީމް ޒިޔާޗް ހިމެނެއެވެ. އަދި 50 އަށްވުރެ ގިނަ ޕްރޮފެޝަނަލް ކުޅުންތެރިން ވަނީ އިޒްރޭލް ޔޫއެފާގެ މުބާރާތްތަކުން ސަސްޕެންޑް ކުރުމަށް ގޮވާލާ ސިޓީއެއްގައި ސޮއިކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސިޓީގެ ކޯޗު އަދި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއްކޯޗު ޕަލަޞްޠީނުގެ ދިފާޢުގައި ކުޅިވަރު | މަހެއް ކުރިންޣައްޒާގައި ހިންގާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ސިޓީގެ ކޯޗު ގުއާޑިއޯލާ ވާހަކަދައްކައިފިޚަބަރު | 5 މަސް ކުރިންއިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތްކުޅިވަރު | އަހަރެއް ކުރިން