logo
Bank of Maldives

Bank of Maldives

ޚަބަރު

ޣައްޒާގައި ހިންގާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ސިޓީގެ ކޯޗު ގުއާޑިއޯލާ ވާހަކަދައްކައިފި

އަބްދުﷲ ޣާނިމް
10 ޖޫން 2025 - 11:58
އޯނަރީ ޑޮކްޓޮރެޓް އެރުވި ޖަލްސާގައި ގުއާޑިއޯލާ ވާހަކަދައްކަނީ
އޯނަރީ ޑޮކްޓޮރެޓް އެރުވި ޖަލްސާގައި ގުއާޑިއޯލާ ވާހަކަދައްކަނީ

މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގުއާޑިއޯލާ ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ކުޑަކުދިން މަރާލަމުންދާތީ އެކަމާމެދު ހިތާމަކުރާ ކަމަށް ބުނެފައެވެ. މިކަން އޭނާ ފާހަގަކޮށްފައިވަނީ މެންޗެސްޓަރ ޔުނިވަރސިޓީން އޭނާއަށް ދެއްވި އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީ ބަލައިގަތުމުގެ ރަސްމިއްޔާތުގައެވެ.

"ޣައްޒާގައި މިހާރު ފެންނަމުންދާ މަންޒަރުތަކަކީ ވަރަށް ހިތާމަވެރި މަންޒަރުތަކެއް. މިކަމުން އަހަރެންގެ މުޅި ހަށިގަނޑަށް ރިހުން އިހްސާސްވޭ. އަދި ސާފުކޮށް ދަންނަވާނަމަ، މިއީ އައިޑިއޮލޮޖީގެ މައްސަލައެއް ނޫން. މިއީ 'އަހަރެން ރަނގަޅު' ނުވަތަ 'ތިބާ ގޯސް' ކިޔާ ކަމެއް ނޫން. މިއީ ހަމައެކަނި ދިރިހުރުމުގެ ލޯތްބާއި، އަވަށްޓެރިންނަށް އޯގާތެރިވުމުގެ މައްސަލައެއް،" ގުއާޑިއޯލާ ވިދާޅުވިއެވެ.
Ad by Hajj Corporation

Ad by Hajj Corporation

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހޮސްޕިޓަލްތަކުގައި ހަތަރު އަހަރު އުމުރުގެ ކުޑަކުދިން މަރުވަމުންދާއިރު، މީހުން ދެކޭގޮތުގައި މިއީ އެމީހުންގެ ކަމެއް ނޫނެވެ.

"އެހެންނަމަވެސް ފަހަރެއްގައި ދެން އަންނާނީ އަހަރެމެންގެ ދަރިންނަށް ކަމަށް ވެދާނެ. ދެން އަންނާނީ އަހަރެމެންގެ ހަތަރު، ފަސް އަހަރުގެ ކުދިންނަށް ކަމަށް ވެދާނެ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ހަނގުރާމައާ ގުޅޭގޮތުން މީހުންނަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން، ގުއާޑިއޯލާ ވަނީ ކުޑަ ދޫނި ވާހަކައެއް ހިއްސާކުރައްވާފައެވެ. އެއީ އަލިފާން ރޯވެފައިވާ އަޑީގައި ކުޑަ ދޫންޏެއް އޭގެ ކުޑަ ތުނބުގައި ފެން ހިފައިގެން އަލިފާން ނިއްވުމަށް މަސައްކަތްކުރާ ވާހަކައެވެ. "އެ ދޫނި ދެނެގަތް އެއްޗަކީ އަލިފާން ނުނިއްވޭނެކަން. އެހެންނަމަވެސް އެއްވެސް ކަމެއް ނުކޮށް ތިބުމަށް އިންކާރުކުރި،" އޭނާ ވިދާޅުވިއެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗެއްގެ ގޮތުގައި ހަ ޕްރިމިއަރ ލީގް މެޗު ކާމިޔާބުކޮށްފައިވާ ގުއާޑިއޯލާއަކީ ފުޓްބޯޅަ ތާރީޚުގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާގެ މި ބަސްތައް އައިސްފައިވަނީ އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ އިނގިރޭސި ދިދަ ޖަހާފައިވާ އުޅަނދެއް ހުއްޓުވާލި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ.
މީގެ އިތުރުން ޤުއާޑިއޯލާގެ އަންހެން ދަރިފުޅު މާރިޔާ ގުއާޑިއޯލާ އަކީވެސް ޕަލަސްޠީނު އިސްރާއީލްގެ މައްސަލައިގައި އިސްރާޢީލާއި ދެކޮޅަށް ފާޅުގައި ވަކާލާތުކުރައްވާ އަންހެން ކަނބަލެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގައި ހިންގާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ސިޓީގެ ކޯޗު ގުއާޑިއޯލާ ވާހަކަދައްކައިފިޚަބަރު | 3 މަސް ކުރިންއިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތްކުޅިވަރު | އަހަރެއް ކުރިން