logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންގެ ބަޔޯމެޓްރިކްސް އަދާހަމަކުރަން އަނެއްކާ ވެސް އިތުރު ފުރުސަތެއް

އާމިނަތު ޝަފާ
10 އޮކްޓޯބަރު 2025 - 04:32
އޮފަރޭޝަން ކުރަނގީގެ ތެރެއިން ބިދޭސީންތަކެއްގެ މަޢުލޫމާތުތަކެއް ނަގަނީ
އޮފަރޭޝަން ކުރަނގީގެ ތެރެއިން ބިދޭސީންތަކެއްގެ މަޢުލޫމާތުތަކެއް ނަގަނީ

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްޑޭޓު ކުރަން އިތުރު ފުރުސަތެއް ހޯމްލޭންޑް މިނިސްޓްރީން ދީފި އެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ވަޒީފާދޭ ފަރާތްތަކުން ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން އަންގާފައިވާގޮތަށް އަދާހަމަކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން މިހާތަނަށް 3,942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ރިކޯޑްތަކުން ފާހަގަކުރޭކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުމާއެކު އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކޮށްފައިނުވާ ނަމަ، 2025 ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެފަދަ ބިދޭސީންގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކުރުމަށް ވުޒާރާއިން ވަނީ އަންގާފައެވެ. މިމުއްދަތުގެ ތެރޭގައި ކުރިއެކޭވެސް އެއްގޮތަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމްކުރެވިފައިވާ ޖޮބް ސެންޓަރުން ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ވުޒާރާއިން ބުނީ މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖޭން ޑިޕޯޓްކޮށް، އެ ބިދޭސީންނާމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށާއިއަދި އެ ބިދޭސީންގެ ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން 50,000 (ފަންސާސް ހާސް) ރުފިޔާގެ މަގުން ޖޫރިމަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯމްލޭންޑުގެ ހޮޓްލައިން ނަންބަރު 1485އަށް ގުޅައިގެން ނުވަތަ xpat@mohst.gov.mv އީމެއިލް ކޮށްގެން ބަލައިލެވޭނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޮޅު މަސް ތެރޭގައި 72 މިލިއަނަށްވުރެ ގިނަ ރުފިޔާގެމަސްތުވާތަކެތި އަތުލައިގަނެފިޚަބަރު | 5 ދުވަސް ކުރިންހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަގާމުން ވަކިކޮށްފިޚަބަރު | 2 މަސް ކުރިންއައްސޭރި ޖަލުގެ ބައެއް ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފިޚަބަރު | 2 މަސް ކުރިން2 އަހަރުގެ ތެރޭގައި 9000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިޚަބަރު | 3 މަސް ކުރިން