logo
MPL

MPL

ޚަބަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޮކްޓޯބަރު 2025 - 04:16
އެމްޑީޕީން ވެރިކަމަށް އައީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަދައްކައިގެން، ކަންކުރިގޮތް އެއޮތީ ފެންނަން: ސައްތާރު

މިދިޔަ ވެރިކަމަށް އެމްޑީޕީ އައީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ވިއްކައިގެން ކަމަށާއި، ނަމަވެސް ފަސް އަހަރުވީއިރުވެސް އެކަން ނުބަލައި ދެ ބޮޑަކަށް މަޢާފްދިނީކަމަށް  ހޮޅުދޫ ދާއިރާގެ މެމްބަރު އަބުދުއްސައްތާރު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ''ޖަވާބުދާރީ'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައްތާރު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ އެންމެ ބޮޑަށް ބެލެން އޮތީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި ކަމަށެވެ. އެ އީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ޚިޔާނާތެއް ކަމަށާއި، އެމްޑީޕީން ވެރިކަމަށް އައީ އެވާހަކަ ދައްކައިގެން ކަމަށް ސައްތާރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައްތާރު ވިދާޅުވީ، ރައްޔިތުން އެފަހަރު އެމްޑީޕީއަށް ފުރުސަތުދިނީ އެކަން ބެލުމަށްކަމަށެވެ. ނަމަވެސް ފަސް އަހަރު ދިޔައީ އެއްވެސް ކަމެއް ނުވެކަމަށާއި، ކުރިކަމަކީ އެ މައްސަލާގައި އެންމެ ބޮޑު ތުހުމަތު އޮތް ދެ ބޭފުޅުންނަށް (އަދީބާއި، ޒިޔަތަށް) މަޢާފްދިނީކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ.

''މީހުން ދެކެނީ އެ ކަމަކީ ރައީސް އިބޫ އޭގައި ބައިވެރިވާ ކަމެއްކަމަށް، އެ މައްސަލަ ނުބެލުނީ އެހެންވެ ކަމަށް'' ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ޚިޔާނާތެއް ހިންގައިފިނަމަ ބަލަންޖެހޭ ކަމަށާއި، އެމްޑީޕީ އަށް ވެރިކަން ދިނީ ޔާމީން ސަރުކާރުގެ ޚިޔާނަށް ބަލަންކަމަށެވެ.

''ޚިޔާނާތުގެ މައްސަލަތައް ކޮންމެ ސަރުކާރަކުން ވެސް ބަލަންޖެހޭނެ، މިއީ އެންމެންގެ ގައުމު، ރައްޔިތުންގެ ގައުމު، އެއްވެސް ބަޔަކަށް ނުބަލާ ދޫކޮށްލާ ފަރުވާކުޑަކޮށްލަންޖެހޭ ކަމެއްނޫން،'' ސައްތާރު ވިދާޅުވިއެވެ.

ދާދިފަހުން އޮޑިޓް އޮފީހުން ނެރުނު އެމްޑީޕީ ސަރުކާރުގެ ފެނަކަ ބޮޑު ޚިޔާނާތުގެ ރިޕޯޓަށް އިޝާރާތްކުރަށްވައި ސައްތާރު ވިދާޅުވީ، އެއީ ރައީސް ސޯލިހްގެ ސަރުކާރުގައި ތިއްބެވި އެންމެ އިސް ފަރާތްތައް ދެއްކެވި ވާހަކަތަކެއް ކަމަށާއި، މިއަދު މިނިވަން މުއައްސަސާއެއްކަމަށްވާ އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ އެ މައްސަލަ ބައްލަވާފައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ބިލުގެ ބޭނުމަކީ, އެއްވެސް މަރުޙަލާއެއްގައި ކިތަންމެ ކުޑަ މިންވަރަކަަށް ނަމަވެސް ޢަދުލުވެރިކަން ގެއްލޭ ކަހަލަ ޙާލަތެއް ނުގެނައުން - މެމްބަރ ސައްތާރުޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީން ވެރިކަމަށް އައީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަދައްކައިގެން، ކަންކުރިގޮތް އެއޮތީ ފެންނަން: ސައްތާރުޚަބަރު | އަހަރެއް ކުރިންއެމްޑީޕީން އޮތީ 6 މަސްދުވަހުން ވެރިކަން ވައްޓާލުމަށް ޕްލޭންކޮށްފަޚަބަރު | 2 އަހަރު ކުރިންއެމްޑީޕީ ވެރިން ކުރެއްވި ކަމަކީ ''ކުޑަ ކާށްޓެއް ބޮޑު ކާށްޓެއް ނުބައްލަވާ ޖެހުނުހާ ތަނަކުން ފަރިއްކުޅުއްވުން'': ސައްތާރުޚަބަރު | 2 އަހަރު ކުރިން