logo
MPL

MPL

ޚަބަރު

އެމްޑީޕީން އޮތީ 6 މަސްދުވަހުން ވެރިކަން ވައްޓާލުމަށް ޕްލޭންކޮށްފަ

އާމިނަތު ޝަފާ
14 މޭ 2025 - 16:31
އެމްޑީޕީން އޮތީ 6 މަސްދުވަހުން ވެރިކަން ވައްޓާލުމަށް ޕްލޭންކޮށްފަ

އިދިކޮޅު އެމްޑީޕީން ވެރިކަން ހަވާލުކުރިއިރު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން 6 މަސްދުވަހުން ވައްޓާލަން ޕްލޭންކޮށްފައިކަމަށޤ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެމްޑީޕީން ގައުމު ދޫކޮށްފައި ދިޔައިރު އޮތީ ކުރިއަށް އޮތް 6 މަސްދުވަހުން ވެރިކަން ވެއްޓޭގޮތަށް ޑިޒައިންކޮށްފައި. މަޖިލިސް ތެރެއިންވެސް އޮތީ ތައްޔާރުވެފައި. ރައީސްއަކު އަޒަލުކުރެވޭ ނިޒާމު އޮތީ ކުރުގަޅުވާލާފައި. މި މީހުން ބޭނުންވަނީ ވެރިކަން ވެރިކަން. އިންތިހާބަކާ ކުރިމަތިލައިފިނަމަ ރައްޔިތުން އެމީހުންނަށް ކާންދެނީ ވެލި."

ރައީސް މުއިއްޒާ ބެހޭގޮތުން ކޮންމެފަދަ ދޮގުތަކެއްވެސް ހަދައިގެން ދެއްކި ދާނެކަމަށާއި އެކަަމަކު ވޯޓާ ހަމައަށް ދިއުމުން ރައްޔިތުން ރައީސް މުއިއްޒުގެ ތަސައްވުރު ބަލައިގަންނަކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެރިކަން ހަވާލުކުރި އިރު ގައުމު އޮތް ހާލަތު އެނގެންޖެހޭކަމަށެވެ. އޭރު ގައުމު އޮތީ އަނދަވަޅަކަށް ކިރިޔަކިރިޔާ ނުވެއްޓިކަމަށާއި ދިވެހި ރައްޔިތުން ރައީސް މުއިއްޒާ ވެރިކަން ހަވާލުކުރީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ފައިސާ އޮއްސަމުންދަނިކޮށްކަމަށް މެމްބަރު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ޓީމަކީ މިގައުމު އެހެން ހަރުފަތަކަށް ގެންދެވޭނެ ޓީމެއްކަން މެމްބަރު ފާހަގަކުރެއްވިއެވެ. ސަރުކާރުތަކުގައި އަށަގެންފައިވާ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ޖަވާބުދާރީ ނުވުންކަމަށާއި މިސަރުކާރުން އެކަން ހައްލުކޮށްފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ. ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތްކޮށް ޖުމްލަ ހައްލު ހޯދިފައިނުވާ ގިނަ ބޮޑެތި މައްސަލަތަކަށް މިސަރުކާރުން ހައްލުގެނެސްދެއްވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ތެރެއިން މިސަރުކާރު ވައްޓާލަން އުޅުނުކަމަށް މީގެ ކުރިންވެސް ސިޔާސީ އެތައް ބަޔަކު ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ބިލުގެ ބޭނުމަކީ, އެއްވެސް މަރުޙަލާއެއްގައި ކިތަންމެ ކުޑަ މިންވަރަކަަށް ނަމަވެސް ޢަދުލުވެރިކަން ގެއްލޭ ކަހަލަ ޙާލަތެއް ނުގެނައުން - މެމްބަރ ސައްތާރުޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީން ވެރިކަމަށް އައީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަދައްކައިގެން، ކަންކުރިގޮތް އެއޮތީ ފެންނަން: ސައްތާރުޚަބަރު | އަހަރެއް ކުރިންއެމްޑީޕީން އޮތީ 6 މަސްދުވަހުން ވެރިކަން ވައްޓާލުމަށް ޕްލޭންކޮށްފަޚަބަރު | 2 އަހަރު ކުރިން