މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ބިލުގެ ބޭނުމަކީ, އެއްވެސް މަރުޙަލާއެއްގައި ކިތަންމެ ކުޑަ މިންވަރަކަަށް ނަމަވެސް ޢަދުލުވެރިކަން ގެއްލޭ ކަހަލަ ޙާލަތެއް ނުގެނައުން - މެމްބަރ ސައްތާރު
23 ނޮވެމްބަރު 2026 - 08:40

މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ބިލުގެ ބޭނުމަކީ, އެއްވެސް މަރުޙަލާއެއްގައި ކިތަންމެ ކުޑަ މިންވަރަކަަށް ނަމަވެސް ޢަދުލުވެރިކަން ގެއްލޭ ކަހަލަ ޙާލަތެއް ނުގެނައުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މަޢުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ޢަބްދުއްސައްތާރު ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 4 ބިލްގެ ތެރެއިން ދެބިލެއްގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ކުރިޔަށްދާކަމަށާއި، އެ ދެބިލަކީވެސް ވަރަށް މުހިންމު 2 ބިލް ކަމަށެވެ. ޖުޑިޝަރީ ކޮމެޓީގެ މުޤައްރިރުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވާ މެމްބަރު ޢަންދުއްސައްތާރު ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ބިލަކީ، އެފަދަ ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ކުރިޔަށް ގެންދަންޖެހޭ އުސޫލު ވަރަށް ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްފައިވާ ބިލެއް ކަމަށެވެ. މަރުގެ ޙުކުމެއް ތަންފިޒީ މަރުޙަލާއަށް އަންނައިރު އެއްވެސް މަރުޙަލާއެއްގައި ޢަދުލު އިންސާފު ގެއްލޭނެ އެއްވެސް ޙާލަތެއް މެދުވެރިވިޔަ ނުދިނުމަކީ މި ބިލްގެ އެންމެ ބޮޑު އެއް މަޤްޞަދު ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިހާރުވެސް ކަންކުރާ އުސޫލަކީ މަރަށް މަރު ހިފަން ކޯޓަކުން ޙުކުމެއް ކުރާ ހިސާބުން ކުއްވެރިވާ މީހާ އިސްތިއުނާފު ނުކުރިޔަސް ދައުލަތުން މައްސަލަ އިސްތިއުނާފުކޮށް ދެންއޮތް ދެމަރުޙަލާއަށް މައްސަލަ ގެންދަންޖެހޭ ކަމަށާއި މި ބިލްގައިވެސް އެބައި ހަމަ އެގޮތަށް އޮންނާނެ ކަމަށެވެ. އަދި ޝަރުޢީ ތިންމަރުޙަލާ ނިމި ސުޕްރީމް ކޯޓުން ނިހާއީ ޙުކުމަކަށްދާ ޙާލަތުގައި ޝައރުޢީ ގޮތުން ދެން ކަންކަން ކުރަންވީ ގޮތްވެސް ވަރަށް ސާފުކޮށް މި ބިލްގައި ބަޔާން ކޮށްފައި ވާކަމަށެވެ.

-01.jpg&w=3840&q=75)
