ފޯމުގައި ހުރި އެމްބާއްޕޭ ނުލައި ފްރާންސް ކުޅުނު މެޗު އެއްވަރުވެއްޖެ
14 އޮކްޓޯބަރު 2025 - 06:07

ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕް ޑީގައި ފްރާންސް އައިސްލެންޑާ ދެކޮޅަށް 2-2 އިން އެއްވަރުވެއްޖެއެވެ. މިއާއެކު ފްރާންސްގެ ވޯލްޑްކަޕް ކޮލިފައިންގައި މޮޅުވަމުން އައި ސްޓްރީކް ހުއްޓުމަކަށް އައިނަމަވެސް، ވޯލްޑް ކަޕަށް މިވަގުތުގައިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ.
ނޭޝަންސް ލީގުގެ ނަތީޖާތަކުގެ ސަބަބުން ޕްލޭ އޮފް ޖާގައެއް ކަށަވަރުވެފައިވާ ފްރާންސްއިން މަސައްކަތް ކުރަމުންދަނީ ގްރޫޕުން އެއްވަނައަށް ގޮސް ސީދާ ވޯލްޑް ކަޕަށް ކޮލިފައިވުމަށެވެ. ނަމަވެސް، ޒުވާން ތަރި ކިލިއަން އެމްބާޕޭ އިންޖަރީގެ ސަބަބުން ނެތް މި މެޗުގައި ފްރާންސްއަށް ވިދިވިދިގެން ހޯދަމުން އައި ކާމިޔާބީތަކުގެ ދަތުރު ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

Ad by Hajj Corporation
މެޗުގެ 39 ވަނަ މިނެޓުގައި ވިކްޓަރ ޕާލްސަން ވަނީ އައިސްލެންޑަށް ކުރިއެރުން ހޯދައިދީފައެވެ. ނަމަވެސް 63 ވަނަ މިނެޓުގައި ކްރިސްޓޮފަރ އެންކުންކޫ ވަނީ ރީތި ލަނޑަކުން މެޗު އެއްވަރުކޮށްފައެވެ. އޭގެ ފަސް މިނެޓު ފަހުން ޖީން-ފިލިޕް މަޓޭޓާ ވަނީ ފްރާންސްއަށް ލީޑު ހޯދައިދީފައެވެ. އެހެންނަމަވެސް، ދެ މިނެޓު ފަހުން ކްރިސްޓިއަން ހުލިންސަން ވަނީ މެޗު އަނެއްކާވެސް އެއްވަރުކޮށްފައެވެ.
މި މެޗާއެކު ފްރާންސްއިން ވަނީ އެންމެ ފަހުން ކުޅުނު 16 ވޯލްޑް ކަޕް ކޮލިފައިންގ މެޗުގައި ބަލިނުވެ ތިބުމުގެ ރެކޯޑެއް ހަދާފައެވެ. އަދި ގްރޫޕުގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދާފައިވާ ފްރާންސްއިން ނޮވެމްބަރު 13 ގައި ޔުކްރެއިންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ވޯލްޑް ކަޕަށް ކޮލިފައިވުން ކަށަވަރުވާނެއެވެ.