logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބެސްޓިނެޓަށް ބޮޑު ބަދަލެއްދޭން ޖެހުނު: ބަންޑާރަނައިބު

ޢައްފާން މުޙައްމަދު
15 އޮކްޓޯބަރު 2025 - 05:59
ކުރީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބެސްޓިނެޓަށް ބޮޑު ބަދަލެއްދޭން ޖެހުނު: ބަންޑާރަނައިބު

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކޮށް، ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހުނު ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ދީފައިވާ ލަފަޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުޙައްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ބަންޑާރަނައިބު ވިދާޅުވީ، ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކޮށް 5 އަހަރުވިކަމަށާއި އެކަމުގައި އެ ކުންފުންޏާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ ބެސްޓިނެޓާއެކު އެންމެ ފުރަތަމަ އިމިގްރޭޝަނުން ސޮއިކުރީ 2016ވަނަ އަހަރު ކަމަށެވެ. ނަމަވެސް 2019ވަނަ އަހަރު ބިދޭސީން ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ބަންގްލަދޭޝްގެ މަސައްކަތްތެރިން އެއް އަހަރު ދުވަހަށް ނުގެނެވޭ ގޮތަށް ހެދުމުން އެއްބަސްވުން ތަންފީޒުނުކުރެވި ހުއްޓިފައި އޮތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. މި ބަދަލުތައް އޭރުގެ ސަރުކާރުން ގެނައި އިރު، ބެސްޓިނެޓާ އެއްވެސް ކަމެއް ހިއްސާކޮށްފައިނުވާކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

މި އެއްބަސްވުމަށް އަމަލުނުކޮށް، ބެސްޓިނެޓުގެ ސިސްޓަމް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން އެ ކުންފުނިން ފަސް ލީގަލް ނޯޓިސް ފޮނުވި ކަމަށާއި އެއަށް އޭރުގެ ސަރުކާރުން އެއްވެސް ޖަވާބެއް ދީފައިވާކަން ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ބެސްޓިނެޓުން ހުށަހެޅީ ބަދަލުގެ ގޮތުގައި 13.7 މިލިޔަން ޑޮލަރާއެކު، އެހެނިހެން ގެއްލުމުގެ ބަދަލުވެސް ހޯދަން ކަމަށެވެ. މިކަމާ ގުޅިގެން 2023ވަނަ އަހަރު ކުރީ ސަރުކާރުގެ ބަންޑާރަނައިބު އޭރު ސަރުކާރުގައި އޮތް ސެޓަލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން މައްސަލަ ކުރިއަށްގެންދިއުމަށް ލަފާ ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ މި ސަރުކާރުގައި ދާޚީލީ ސަލާމަތާބެހޭ ވުޒާރާއިން އެ މައްސަލަ ހުށަހެޅުއްވުމުން ދިރާސާކުރުމުގެ ތެރެއިން ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމާމެދު ވަކި ގޮތެއް ނުނިންމައި އަދި އަމަލުކުރާނެ ގޮތެއް އެ ފަރާތައް ނާންގައި ފަސްވަރަކަށް އަހަރުވެފައިވާތީ އެއްބަސްވުން އިތުރަށް ކުރިއަށް ނުގެންދެވޭގޮތަށް އޭރުގެ ސަރުކާރުން އަމަލުކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާކަށެވެ.

އަދި ޝަރުޢީ މަރުހަލާގައި މި އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތަކުގައި މެޓީރިއަލް ބްރީޗެއް ސަރުކާރުގެ ފަރާތުންވެފައިވާ ކަމަށާއި ޝަރުޢީ މަރުހަލާއަކަށްދާނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެފަރާތައް ނަގައިދިނުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރަންޖެހޭނެކަން ފާހަގަކުރެވުނު ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެހެންކަމުން ބެސްޓިނެޓާއެކު އެއްބަސްވުމެއް ހަދަން ފެންނަކަމަށް ލަފާ ދެއްވާފައިވާނެ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބެސްޓިނެޓަށް ބޮޑު ބަދަލެއްދޭން ޖެހުނު: ބަންޑާރަނައިބުޚަބަރު | 11 ގަޑިއިރު ކުރިންމީޑިއާ ބިލު އިސްލާހުކުރެވިދާނެ، އަނބުރާ ގެންދަންޖެހޭކަމަކަށް ގަބޫލެއްނުކުރަން: އުޝާމް ޚަބަރު | 2 މަސް ކުރިން ޤާނޫނު ފަރުމާކޮށްފައިވަނީ ހުރިހާ ދާއިރާތަކަށް ފޯކަސްކޮށްގެން : އުޝާމް ޚަބަރު | 5 މަސް ކުރިންފަލަސްތީނު މައްސަލައިގައި އައިސީޖޭގައި ބަންޑާރަ ނައިބު މާދަމާ ބަޔާން ދެއްވަނީޚަބަރު | 6 މަސް ކުރިން