logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިސްރާޢީލުގެ ޓީމުތަކާއި ދެކޮޅަށް ޔޫރަޕު އުތުރި އަރަނީ، އިނގިރޭސި ވިލާތުގައި ކުޅޭމެޗަށް އިސްރާޢީލުގެ ސަޕޯޓަރުން ނުވައްދާނެ

އަބްދުﷲ ޣާނިމް
17 އޮކްޓޯބަރު 2025 - 08:29
މިދިޔަ އަހަރުގައި އިސްރާޢީލުގެ ސަޕޯޓަރުން ނެދަލެންޑްސްގައި ކުރިޔަށް ގެންދިޔަ މެޗުގެ ކުރިން ހަމަނުޖެހުން ހިންގަނީ
މިދިޔަ އަހަރުގައި އިސްރާޢީލުގެ ސަޕޯޓަރުން ނެދަލެންޑްސްގައި ކުރިޔަށް ގެންދިޔަ މެޗުގެ ކުރިން ހަމަނުޖެހުން ހިންގަނީ

ޔޫރަޕާ ލީގުގައި އެސްޓަން ވިލާ އާއި ކުޅެން ހަމަޖެހިފައިވާ މެޗުގައި އިޒްރޭލުގެ މަކާބީ ތެލްއަވީވްގެ ސަޕޯޓަރުންނަށް މެޗު ބަލަން ދަނޑަށް ނުވެއްދުމަށް މެޗުބާއްވަން ހަމަޖެހިފައިވާ ބާމިންގްހަމް ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމީ ގިނަބަޔަކު މިކަމާއި ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅާފައިވާތީ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ނޮވެމްބަރު 6 ވަނަ ދުވަހު ވިލާ ޕާކުގައި ކުޅެން ހަމަޖެހިފައިވާ މެޗާ ގުޅިގެން އެއްވެސް އިހުތިޖާޖެއް ކުރިމަތިވެއްޖެނަމަ އެކަމާ ކުރިމަތިލުމުގެ ޤާބިލުކަމާމެދު ވެސްޓް މިޑްލޭންޑްސް ޕޮލިސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުތަކުގެ ސަލާމަތީ ސެޓްފިކެޓް ދޫކުރުމަށް ޒިންމާވާ ސޭފްޓީ އެޑްވައިޒަރީ ގްރޫޕުން ވަނީ ބާމިންގހަމްގައި ބޭއްވޭ މި މެޗަށް އެއްވެސް ދަތުރުކުރާ ސަޕޯޓަރަކަށް ހުއްދަނުދޭން ނިންމާފައިވާކަން އެސްޓަން ވިލާއަށް އަންގާފައެވެ.

މި ނިންމުމާ ގުޅޭގޮތުން އެސްޓަން ވިލާއިން ބުނެފައިވަނީ، މަކާބީ ތެލްއަވީވް އަދި ސަރަހައްދުގެ އިދާރާތަކާއެކު މި މައްސަލައިގައި ދެމެހެއްޓެނިވި މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މެޗު ބަލަން އަންނަ ސަޕޯޓަރުންނާއި ސަރަހައްދުގެ ރައްޔިތުންގެ ސަލާމަތަކީ އެންމެ އިސްކަމެއް ދޭ ކަމެއް ކަމުގައި ބުނެފައިވެއެވެ.

މި ނިންމުމަކީ ނުބައި ނިންމުމެއް ކަމަށް ބުނެ އިނގިރޭސި ބޮޑު ވަޒީރު ސަރ ކީރ ސްޓާމަރ ހިމެނޭ ގޮތަށް ގިނަ ސިޔާސީ ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އަދި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބަޑެނޯޗް މި ނިންމުމަކީ "ގައުމީ ލަދުވެތިކަމެއް" ކަމަށް ވަނީ ބުނެފައެވެ. އަދި މި ނިންމުމަކީ 'އެންޓި ސެމެޓިކް' ނިންމުމެއް ކަމަށް ބުނެ، ޔަހޫދީންނާއި ވާގިވެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަންފަށާފައެވެ.

މި ނިންމުން ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ޔޫރަޕާ ލީގުގައި އެޖެކްސް އާއި މަކާބީ ތެލްއަވީވް އާ ދެމެދު އެމްސްޓަރޑަމްގައި ކުޅުނު މެޗުގައި ހިނގި އަނިޔާވެރި ހަމަނުޖެހުންތަކާއި ނަފްރަތުގެ ކުށްތަކަށް ރިއާޔަތްކޮށް، އަދި މިހާރުގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ވެސްޓް މިޑްލޭންޑްސް ޕޮލިސްއިން ބުނެފައިވެއެވެ.

ނަމަވެސް މިއަދު މި ނިންމުމާއި ގުޅިގެން ޔުއޭފާއިން މި ނިންމުން އަލުން މުރާޖާކޮށް، ސަޕޯޓަރުންނަށް ވަދެވޭގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އެސްޓަންވިލާއަށް އަންގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާޢީލުގެ ޓީމުތަކާއި ދެކޮޅަށް ޔޫރަޕު އުތުރި އަރަނީ، އިނގިރޭސި ވިލާތުގައި ކުޅޭމެޗަށް އިސްރާޢީލުގެ ސަޕޯޓަރުން ނުވައްދާނެކުޅިވަރު | ދުވަހެއް ކުރިންއިސްރާޢީލުގެ ޓީމުތަކާއި ދެކޮޅަށް ޔޫރަޕު އުތުރި އަރަނީ، އިނގިރޭސި ވިލާތުގައި ކުޅޭމެޗަށް އިސްރާޢީލުގެ ސަޕޯޓަރުން ނުވައްދާނެކުޅިވަރު | 2 ދުވަސް ކުރިން17 އަހަރުފަހުން ޓޮޓްނަމް ތަށްޓެއް ކާމިޔާބުކޮށް، ޗެންޕިއަންސްލީގަށް ކޮލިފައިވެއްޖެކުޅިވަރު | 5 މަސް ކުރިންޓޮޓްނަމް އިން ޔޫރަޕުގައި ހަތަރުވަނަ ތަށި ހޯދުމާއި ގާތަށްކުޅިވަރު | 5 މަސް ކުރިން