logo
Bank of Maldives

Bank of Maldives

ކުޅިވަރު

17 އަހަރުފަހުން ޓޮޓްނަމް ތަށްޓެއް ކާމިޔާބުކޮށް، ޗެންޕިއަންސްލީގަށް ކޮލިފައިވެއްޖެ

އަބްދުﷲ ޣާނިމް
21 މޭ 2025 - 21:28
މިއީ 17 އަހަރުފަހުން ޓޮޓްނަމް ކާމިޔާބުކުރި ފުރަތަމަ ތަށި
މިއީ 17 އަހަރުފަހުން ޓޮޓްނަމް ކާމިޔާބުކުރި ފުރަތަމަ ތަށި

ސްޕެއިންގެ ބިލްބާއޯގައި ކުޅުނު މިސީޒަނުގެ ޔޫރަޕާ ލީގް ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް، 17 އަހަރުގެ ފަހުން ޓޮޓެންހަމް ހޮޓްސްޕަރ ވަނީފުރަތަމަ ފަހަރަށް ތަށްޓެއް އުފުލާލައިފިއެވެ. މިމެޗު ތޮޓްނަމް އިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހުވަގުތުގައި ޖޯންސަން ކާމިޔާބުކުރި ލަނޑާއެކު 1-0 އިންނެވެ.

500153775_1249673376512853_6576826019074391173_n.jpg

Brennan Johnson of Tottenham Hotspur celebrates at full-time

Ad by Hajj Corporation

Ad by Hajj Corporation

 

މި ސީޒަންގެ ކުރީކޮޅު ޓޮޓެންހަމްގެ ކޯޗު އެންޖް ޕޮސްޓެކޮގްލޫ އޭނާގެ ދެވަނަ ސީޒަންގައި ތަށި ނަގާނެކަމަށް ބުނެފައިވެއެވެ. އަދި މިކަމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކާ ކުރިމަތިވި ނަމަވެސް، އޮސްޓްރޭލިއާގެ ކޯޗު އޭނާގެ ބަހުގައި ހިފަހަށްޓައި ކުލަބަށް ތަށްތެއް ހޯދައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުލުމެކެވެ. ނަމަވެސް ދެވަނަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑުން ފުލުފުލުގައި އެޓޭކް ކުރިނަމަވެސް ޓޮޓްނަމްގެ ކީޕަރުވަނީ ހުށިޔާރުކަމާއެކު ގޯލު ދިފާއުކޮށްފައެވެ. މީގެ އިތުރުން ހޮއިލަންޑްގެ ބޮލުން ޖެހި ބޯޅައެއް ވެން ޑަ ވެން ވަނީ ގޯލު ރޮނގުން މަތިން ހުއްޓުވާފައެވެ.

2008 ވަނަ އަހަރު ލީގް ކަޕް ފައިނަލްގައި ޗެލްސީ ބަލިކުރި ފަހުން ޓޮޓެންހަމް އެއްވެސް ޓްރޮފީއެއް ހޯދާފައެއް ނުވެއެވެ. އަދި އެންމެ ފަހުން ޔޫރަޕިއަން ޓްރޮފީއެއް ހޯދާފައިވަނީ 1984 ގައެވެ. މިއާއެކު ޓޮޓްނަމް އަށް ޔޫރަޕުގެ ޖުމްލަ 4 ތަށްޓެއް ކާމިޔާބުކުރެވިފައިވެއެވެ.

މި ކާމިޔާބީއާ އެކު ޓޮޓެންހަމް ވަނީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ހޯދާފައެވެ.

މިނަތީޖާއާއެކު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރޫބެން އަމޮރިމްގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވެއެވެ. ޕްރިމިއަރ ލީގުގައި ކްލަބުގެ ތާރީހުގައި ކުލަބުން ހޯދި އެންމެ ދަށްނަތީޖާތަކަށް ތަސައްލީއެއް ލިބެން އޮތީ މިރޭގެ މެޗު ކާމިޔާބުކޮށްގެން ނަމަވެސް، ޔުނައިޓެޑު ބަލިވުމާއެކުއެޓީމަށް އަންނަ ސީޒަނުގައި ޔޫރަޕިއަން ފުޓްބޯޅައިން ވަނީ މަޙުރޫމް ވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮނޑިބަތް ބަހަންވީ! ތާފުރަތަމަ ފަހަރަށް އަމޯ ޖެހިޖެހިގެން ތިން މެޗުން މޮޅުވެއްޖެކުޅިވަރު | 9 ދުވަސް ކުރިން10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއްކުޅިވަރު | 15 ދުވަސް ކުރިންއިސްރާޢީލުގެ ޓީމުތަކާއި ދެކޮޅަށް ޔޫރަޕު އުތުރި އަރަނީ، އިނގިރޭސި ވިލާތުގައި ކުޅޭމެޗަށް އިސްރާޢީލުގެ ސަޕޯޓަރުން ނުވައްދާނެކުޅިވަރު | 18 ދުވަސް ކުރިންއިސްރާޢީލުގެ ޓީމުތަކާއި ދެކޮޅަށް ޔޫރަޕު އުތުރި އަރަނީ، އިނގިރޭސި ވިލާތުގައި ކުޅޭމެޗަށް އިސްރާޢީލުގެ ސަޕޯޓަރުން ނުވައްދާނެކުޅިވަރު | 19 ދުވަސް ކުރިން