logo
Bank of Maldives

Bank of Maldives

ދުނިޔެ

4 ބިލިއަން ސައޫދީ ރިޔާލުގެ އެއްބަސްވުންތަކާއެކު ސައޫދީގެ ''ޖޯއި ފޯރަމް 2025'' ރިޔާދުގައި ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޮކްޓޯބަރު 2025 - 04:20
 4 ބިލިއަން ރިޔާލުގެ  ސައޫދީގެ ''ޖޯއި ފޯރަމް'' ފަށައިފި

ރިޔާދު، ސައޫދީ އަރަބިއްޔާ 18 އޮކްޓޯބަރު 2025 – ދުނިޔޭގެ އެންމެ ބޮޑެތި މުނިފޫހިފިލުވުމުގެ ސިނާއަތުގެ އެއްވުންތަކުގެ ތެރެއިން އެއް އެއްވުން ކަމުގައިވާ ޖޯއި ފޯރަމް 2025، 4 ބިލިއަން ސައޫދީ ރިޔާލުގެ އެއްބަސްވުންތަކާއެކު ބުރާސްފަތި ދުވަހު ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ބުލެވާޑް ސިޓީގައި ފަށައިފިއެވެ.

މި ދެ ދުވަހުގެ ފޯރަމް އިފްތިތާޙުކުރެއްވީ ސައޫދީ އަރަބިއްޔާގެ ޖެނެރަލް އެންޓަރޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ)ގެ ޗެއަރމަން، ތުރުކީ އަލްއަލްޝައިޚެވެ. އޭނާ ބައިނަލްއަޤްވާމީ މެހުމާނުންނަށް މަރުޙަބާ ދެންނެވީ، ރިޔާދަކީ "ދުނިޔޭގެ މުނިފޫހިފިލުވުމުގެ ވެރިރަށް" ކަމަށް ސިފަކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިފްތިތާޙީ ތަޤުރީރުގައި އަލްއަލްޝައިޚް ވިދާޅުވީ، 4 ބިލިއަން ސައޫދީ ރިޔާލުގެ އެއްބަސްވުންތަކެއް ސޮއިކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޮޑެތި އިވެންޓްތަކަކާއި ދުނިޔޭގެ ފެންވަރުގެ ބައިވެރިވުންތަކެއް ހިމެނެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 2016 ގައި ވިޝަން 2030 ގެ ދަށުން ފެށުނު ދަތުރަކީ "ކުރު މުއްދަތެއްގައި ގިނަ ކާމިޔާބީތަކެއް ހޯދި" ދަތުރެކެވެ. މިކަމުގެ ސަބަބުން ސައޫދީ އަރަބިއްޔާ ވަނީ ދުނިޔޭގެ އެންމެ އިސް ފަންތީގެ މުނިފޫހިފިލުވުމާއި ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލަކަށް ވެފައިކަމަށް އޭނާ ވިދާޅުވިއެވެ.

އަލްއަލްޝައިޚް ޔަޤީންކަން ދެއްވީ މި އަހަރު ''ޤިއްދިޔާ މަޝްރޫޢު''ގެ ފުރަތަމަ ފިޔަވަހި ހުޅުވޭނެ ކަމަށެވެ. މީގެ ތެރޭގައި ''ސިކްސް ފްލެގްސް ޤިއްދިޔާ'' ހިމެނެއެވެ. މިއީ ސައޫދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ އެންމެ މުހިންމު އެއް މަޝްރޫޢެވެ. އޭނާ ސައޫދީ ވެރިކަމުގެ ދެމެހެއްޓެނިވި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ސައޫދީ އަރަބިއްޔާގެ އަވަސް ބަދަލުތަކަށް މަގުފަހިކޮށްދިން ކަމެއް ކަމުގައި ވިދާޅުވިއެވެ.

އޭނާ ވަނީ ހަމައެހެންމެ ފަތުރުވެރިކަމުގެ ވުޒާރާއާއެކު އޮންނަ ވަރުގަދަ ގުޅުމަށް ތައުރީފުކުރައްވާފައެވެ. މި ވުޒާރާ ހިންގަވަނީ ވަޒީރު އަޙްމަދު އަލްޚަޠީބް، ނައިބު ވަޒީރު އަމީރާ ހައިފާ ބިންތު މުޙައްމަދު އާލް ސައޫދު، އަދި ސައޫދީ ޓޫރިޒަމް އޮތޯރިޓީގެ ސީއީއޯ ފަހުދު ޙަމީދައްދީނެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ފާއިތުވި އަހަރު ސައޫދީ އަރަބިއްޔާއަށް ސަރަޙައްދުގެ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީ ޖޯއީ ފޯރަމް 2025 އަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ ގްލޯބަލް ޕްލެޓްފޯމަކާއި ބޮޑު އިވެންޓެކެވެ

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާ އަށް އެރި ތޫފާނުގައި ސީދާ އަސަރުކުރި މީހުންގެ އަދަދު 774,724 އަށްދުނިޔެ | 3 ދުވަސް ކުރިންމުސްލިމުންނަށް ފުރައްސާރަކުރި އޮސްޓްރޭލިޔާގެ ސެނެޓަރު ސަސްޕެންޑްކޮށްފިޚަބަރު | 4 ދުވަސް ކުރިންފަތިސް ނަމާދު ވަގުތާ ދިމާކޮށް ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އިސްރާއީލުން ބޮޑެތި ހަމަލާތަކެއް ދީފިދުނިޔެ | 10 ދުވަސް ކުރިންހަސީނާ އާއި ކުރީގެ ހޯމް މިނިސްޓަރުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިޚަބަރު | 16 ދުވަސް ކުރިން