logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިވުމަށް އެމްއޯޔޫ އެއްގައި ސޮއިކޮށްފި

އައިޝަތު ނަޝާ
18 އޮކްޓޯބަރު 2025 - 15:46
ރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިވުމަށް އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މިޞްރަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޚާރީޖީ ވަޒީރު ޑރ. ބަދްރު ޢަބްދެލަތީއާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް އެވެ. އަދި މިޞްރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިސްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދެލަތީއެވެ.

ދެޤައުމު ގުޅިގެން ތަރައްޤީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް ރާއްޖެއާއި މިޞްރާ ދެމެދު ވަނީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މި މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ދެ ޤައުމުގެ ދެމެދުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި، އެކުގައި ކުރިއެރުމަށް އިތުރު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމަށް ކަމަށެވެ.

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުގައެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ވަޒީރުގެ މިދަތުރުފުޅާއެކު، ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ވަޒީރުގެ މިދަތުރުފުޅުގައި އަރިހުގައި އެ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދުގެ އިތުރުން އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި ދިވެހިންނާ ހަވާލުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިވުމަށް އެމްއޯޔޫ އެއްގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިން ފުލުހުންގެ ވާޖިބައް ހުރަސްއެޅި މީހެއްގެ ދިފާއުގަ ރައީސަކު ނިކުތުމުން ފާޑުކިޔުން އަމާޒު ވެއްޖެޚަބަރު | 2 މަސް ކުރިން