logo
Bank of Maldives

Bank of Maldives

ޚަބަރު

ފާނަ އާލާކުރުމުގެ ޕްރޮގުރާމެއް މަނިޔަފުށީގައި ފަށައިފި

އައިމިނަތު މޫސާ
18 އޮކްޓޯބަރު 2025 - 15:58
ފާނަ އާލާކުރުމުގެ ޕްރޮގުރާމެއް މަނިޔަފުށީގައި ފަށައިފި

ފާނަ އާލާ ކުރުމުގެ މަސައްކަތަށް މީހުން ތަމްރީންކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު' ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ މިއަދު ކ. މަނިޔަފުށީގައެވެ. ޕްރޮގްރާމަކީ ފާނަ އާލާ ކުރުމުގެ މަސައްކަތަށް މީހުން ތަމްރީންކުރުމަށް ހިންގޭ ޚާއްސަ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ހިންގާ މި ޕްރޮގްރާމަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މި ދާއިރާއިން މީހުން ބިނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ މިއަހަރު ހިންގާ މިފަދަ ދެވަނަ ޕްރޮގްރާމެވެ.

15 ބައިވެރިންނާއެކު ފެށި މި ޕްރޮގްރާމް މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމުތަކާއި، މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމު މެރިން ރިސަރޗް އިންސްޓިޓިއުޓުން ހަމަޖައްސައިދޭނެއެވެ.

މި ޕްރޮގްރާމުގައި މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމެނެއެވެ. މީގެ ތެރޭގައި އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމުގެ ފިލާވަޅުތައް ހިމެނެއެވެ. މީގެ އިތުރުން ދިރޭ ކާނާ އާލާކުރުމާއި، މަހުގެ ބަޔޮލޮޖީ އަދި މޫދުވިނަ ހައްދައި އާލާކުރުންވެސް ދަސްކޮށްދެވޭނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ތަރައްގީވުމާއެކު، ރަށްރަށާ ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިގްތިސާދީ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ އިހްތިޖާޖުން މެމްބަރު މައުރޫފް ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންފާނަ އާލާކުރުމުގެ ޕްރޮގުރާމެއް މަނިޔަފުށީގައި ފަށައިފިޚަބަރު | 2 މަސް ކުރިންދުނިޔޭގެ ކަނޑުތަކުގެ ހަމަތަކާއި ޤާނޫނުތަކަށް އަހުލުވެރިކުރުމަށް ތަމްރީންތަކެއް ފަށައިފިޚަބަރު | 3 މަސް ކުރިން