logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސްޕެނިޝް ރެފްރީ ކޮމިޓީއިން ރޭގެ ރެއާލް މެޗުގެ އޮފިޝަލުންނާމެދު ތައުރީފުކޮށްފި

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2025 - 13:46
ސްޕެނިޝް ރެފްރީ ކޮމިޓީއިން ރޭގެ ރެއާލް މެޗުގެ އޮފިޝަލުންނާމެދު ތައުރީފުކޮށްފި

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އާއި ގެޓާފޭ އާ ދެމެދު ރޭގައި ކުޅުނު މެޗުގެ ރެފްރީ މުނުއެރާ މޮންޓެރޯގެ ރޭގެ މެޗު ޕްރެޝަރުގައި ރެފްރީ ޕްރޮފެޝަނަލްކޮށް ކުރި މަސައްކަތާމެދު ޓެކްނިކަލް ރެފްރީސް ކޮމިޓީ (ސީޓީއޭ) އިން ހިތްހަމަޖެހުން ފާޅުކޮށްފިއެވެ.

ގެޓާފޭގެ ކޯޗް ޖޯސް ބޯޑަލާސް މެޗަށްފަހު ރެފްރީންގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް، ސްޕެނިޝް ރެފްރީ ކޮމިޓީއިން ވަނީ ރޭގެ ރެފްރީގެ މަސައްކަތް މުރާޖަޢާކޮށް ރަނގަޅު ކަމަށް ނިންމާފައެވެ. ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުން، މެޗު ކޮންޓްރޯލް ކުރުމުގައާއި، ދެ ރަތް ކާޑު ދިނުމުގައި އޭނާ ނިންމި ނިންމުންތަކާއި، މެޗުގެ ތެރޭގައި ނިންމި ނިންމުންތަކާއި، ޓީމުތަކުގެ ކެޕްޓަނުންނާއެކު މުއާމަލާތް ކުރި ގޮތް ވަނީ ރަނގަޅު ކަމަށް ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީޓީއޭގެ ރައީސް ފްރާން ސޯޓޯ ވަނީ ކޮލިސިއަމްގައި މެޗު ބެލުމަށް ހާޒިރުވެފައެވެ. މިއީ ކޮމިޓީން ސީދާ ފުޓްބޯޅަ އާއި ކްލަބް އޮފިޝަލުންނާ ގުޅުން ބޭއްވުމަށް ގެންގުޅޭ އާދައެކެވެ.

ސީޓީއޭ އިން މުޅި ހަފްތާ ނިމުނު ގޮތާމެދު ވަނީ ޖުމްލަ ގޮތެއްގައި ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތު ބައިކޮޅަށްވަތްގޯލާއެކު ރެއާލް މެޑްރިޑުން ލަލީގާ ތަބަކަށްލާފައި ބާސާއަށްދީފިކުޅިވަރު | 2 މަސް ކުރިންބާސާމެޗުގައި ރަތް ކާޑު ނުދެއްކުމަކީ ހެދުނު ގޯހެއް ކަމަށް ސްޕެއިންގެ ރެފްރީންގެ ކޮމިޓީން އެއްބަސްވެއްޖެކުޅިވަރު | 2 މަސް ކުރިންބާސާގެ މެޗު އެމެރިކާގައި ކުޅުމާއި ދެކޮޅަށް ކުޅުންތެރިން ކުރި އިހުތިޖާޖުތަކަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ކަމަށް ކޯޓުން ނިންމައިފިކުޅިވަރު | 2 މަސް ކުރިންމެޑްރިޑުން ސުޕްރީމްކޯޓުގައި ލަލީގާއާއި ދެކޮޅަށް ކުރި ދަޢުވާ ކާމިޔާބުވެއްޖެ، ބަދަލުގައި 88 މިލިޔަން ޔޫރޯކުޅިވަރު | 6 މަސް ކުރިން