logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން: އަބުދުއްރަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2025 - 03:17
މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން: އަބުދުއްރަހީމް

މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

އަބުދުއްރަހީމްގެ އުފަން ރަށަށް އިއްޔެ ރައީސް މުޢިއްޒު ވަޑައިގެންފައިވާއިރު، ރޭ އެރަށުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެތިން ހަތަރު މަހެއްގެ ތެރޭގައި ގައުމު ބަނގުރޫޓުވެ، ވެރިކަން ނުކުރެއްވޭނެ ހާލަތަށް ދާނެ ކަމަށް ވާދަވެރިން ހީކޮށް، އެކަމަށް އަތްޖަހަން ތައްޔާރުވެގެން ތިބިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޮނަދޫގައި ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވާއިރު، މިއީ ފޮނަދޫގެ ތަރައްގީގައި އާ ސަފުހާއެއް ކަމަށް އަބްދުއްރަހީމް ސިފަކުރެއްވި އެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފޮނަދުއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއްހެން ފުއްދުމަށް މަސައްކަތް ފެށިފައިވާތީ، މަޝްރޫއުތައް ލަސްވުމަކުން އެއްވެސް ޝަކުވާއެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

"ހަމަ ގައިމުވެސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިއަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއު ފެށި ސަރުކާރެއް މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހު ދެކެފައެއް ނެތް،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފޮނަދޫ ރައްޔިތުން ތިބީ ރައީސް މުއިއްޒުއާ އެކު ކުރިއަށްދާން ތައްޔާރަށެވެ. އަދި ފޮނަދޫ ރައްޔިތުންނަކީ ވާނުވާ ބަލައިގެން ކުރިއަށްދާ ބައެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދާ ހަމަޔަށް އައި އިރު ސަރުކާރުން ވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައި. އޭގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ ދިވެހިރާއްޖެ ބަނގުރޫޓުވިޔަ ނުދީ، ދައްކަންޖެހޭ ދަރަނިތައް ދައްކަމުން، ކުރަންޖެހޭ ކަންކަން ކުރަމުން، މިއަދާ ހަމަޔަށް އައި އައުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގަން ފުރުސަތެއް ނުދޭނަން: އަބުދުއްރަޙީމްޚަބަރު | 3 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފިޚަބަރު | 13 ގަޑިއިރު ކުރިންގައުމުގެ މުޖުތަމައު ހަމަޖެހުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންއާދަމް ޢަލީ ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | ދުވަހެއް ކުރިން