logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަންސް ލީގުގައި ޗެސްލީ އަދި ލިވަޕޫލަށް ފާސޭހަމޮޅެއް

އަބްދުﷲ ޣާނިމް
23 އޮކްޓޯބަރު 2025 - 03:40
ޗެންޕިއަންސް ލީގުގައި ޗެސްލީ އަދި ލިވަޕޫލަށް ފާސޭހަމޮޅެއް

ޔުއޭފާ ޗެންޕިއަންސް ލީގުގައި ރޭގައި ޗެލްސީ އަދި ލިވަޕޫލުން އެޓީމު ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިބުކޮށްފިއެވެ. އެގޮތުން ޗެލްސީ އިން އަޔަކްސް އާއި ދެކޮޅަށް ކުޅުނު މެޗު 5-1 އިން ކާމިޔާބުކުރިއިރު، ލިވަޕޫލް ފްރޭންކްފާޓް އާއި ދެކޮޅަށް ކުލުނުމެޗު ލިވަޕޫލޫން ކާމިޔާބުކުރީ 5-1 އިންނެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭގައި އަޔަކްސް އާއި ވާދަކުރިމެޗުގައި ޗެލްސީގެ ފުރަތަމަ 11 ގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނުނުނަމަވެސް، ޗެލްސީއިން ވަނީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ. ޑްރާމާ ބޮޑު މެޗެއްގޮތުގައި ފާހަގަކުރެވުނު މިމެޗުގެ ކުރީ ކޮޅުގައި ރަތްކާޑެއްގެ އިތުރުން ދެ ޕެނަލްޓީވެސް ފެނިގެންގޮސްފައިވެއެވެ. އެގޮތުން މެޗު ފެށިގެން އެންމެ 17 ވަނަ މިނެޓުތެރޭގައި އަޔަކްސް ގެ ކެޕްޓަން ޓޭލާ ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްޚާޑުދައްކާ ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗުގެ ޗެލްސީގެ ގޯލުތައް ކާމިޔާބުކުރީ ގިއު ގެ އިތުރުން ކައިސެއިޑޯ އާއި އެންޒޯއާއި އެސްޓެވާއޯގެ އިތުރުން ޖޯޖްއެވެ. މީގެތެރެއިން އެންޒޯއާއި އެސްޓެވާއޯގެ ގޯލަކީ ޕެނަލްޓީއިން ކާމިޔާޞުކުރި ގޯލުތަކެވެ. އަޔަކްސްގެ ހަމައެކަނި ގޯލަކީވެސް ޕެނަލްޓީއަކުން ކާޟިޔާޞުކުރި ގޯލެކެވެ.

liverpool_18k7vke9vsxwq1bu2q4p1whs40.jpg

މީގެއިތުރުން ލިވަޕޫލުން ވެސް ވަނީ ޖަރުމަނުގެ ފްރެންކްފާޓް ބަލިކޮށް، ލިވަޕޫލް ޖެހިޖެހިގެން ބަލިވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ. މިމެޗުގައި ފްރެންކްފާޓްއިން ގޯލެއް ޖަހާފައިވަނިކޮށް ލިވަޕޫލުން ވަނީ ފަހަތުން އަރައި ފަސް ގޯލުޖަހައިފައެވެ. އެގޮތުން ލިވަޕޫލުގެ ގޯލުތައް ކާމިޔާބުކުރީ އެކިޓިކެ އާއި ވެންޑައިކް އާއި ކޮނާޓޭއާއި ގަކްޕޯގެ އިތުރުން ސަބޮޒްލައިއެވެ.

ރޭގެ މެޗުގެ ހާފްޓައިމްގައި ލިވަޕޫލްގެ ފޯޥާޑް އިސާކް ވަނީ އަނިޔާވެ، ދަނޑުން ބާލާފައެވެ. ލިވަޕޫލް މިވަގުތުގައި އޮތީ ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރުވަގުތުގެ ޖެހި ދެލަނޑާއެކު ޗެލްސީ ބޮޑު ލަދުވެތިކަމަކުން ސަލާމަތްވެއްޖެކުޅިވަރު | 2 ދުވަސް ކުރިންޖޮއާއޯ ޕެޑްރޯގެ ހެޓްރިކާއެކު ލިވަޕޫލް ފަހަތަށް ޖައްސާލުމަސްފަހު ޗެލްސީއިން ޔޫރަޕުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 5 ދުވަސް ކުރިންރެލިގޭޝަނުގައި އޮތް ވުލްވްސް އަތްދަށުވެ ލިވަޕޫލަށް ޗެންޕިއަންސް ލީގުގެޖާގަ ގެއްލުމުގެ ބިރުހީވެއްޖެކުޅިވަރު | 6 ދުވަސް ކުރިންކޯނަރު އެފްސީ 10 މީހުންނާއެކު ކުޅުނު ޗެލްސީ ކޯނަރުން ތަޅައި ހަމަބިމަށް ތިރިކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 8 ދުވަސް ކުރިން