އުފެއްދުންތެރި ޖީލެއް ބިނާކުރެވޭނީ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވެގެން - މިނިސްޓަރ


01 އޮކްޓޯބަރު 2024 - 07:54
މަތީ ތަޢުލީމު އުނގެނޭ ކުދިންގެ ނިސްބަތް އިތުރުވުމާއެކު ގައުމީ އުފެއްދުންތެރިކަމަށް ބޭނުންވާ ޒުވާނުންގެ އައު ޖީލެއް އުފެދިގެން އަންނާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މުދައްރިސުންގެ ބައިނަލްއަޤްވާމީ 7 ވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުންނެއެވެ.މުދައްރިސުންގެ ބައިނަލްއަޤްވާމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދާނާކޮށް މަތީ ތަޢުލީމަށް ވަންނަ ކުދިންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ތައުލީމީ ވުޒާރާއިން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ކުރެވުނު މަސައްކަތުން ކުރީ އަހަރަށްވުރެ މިއަހަރު އޭލެވެލަށް ކިޔަވަންފެށި ދަރިވަރިންގެ ނިސްބަތް %70އަށްވުރެ އިތުރުވެފައިވާކަމަށެވެ.
ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި މަސައްކަތުގެ ނަތީޖާއަށްވެގެން ދާނީ ޔުނިވާރސިޓީއަށް ވަންނަ ދަރިވަރުންގެ ޢަދަދު އިތުރުވެ މުޅި ތަޢުލީމީ ނިޒާމު ހަރުދަނާވުންކަމަށެވެ. އަދި ޤައުމީ އުފެންދުންތެރިކަމަށް ބޭނުންވާ ޒުވާނުންގެ އައު ޖީލެއް ޔުނިވާރސިޓީތަކުގެ ތެރެއިން ނުކުމެގެން އައުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ."ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އިރުސާދުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ވަރަށް ކާމިޔާބު. މިދިޔަ އަހަރަށް ވުރެއް މި އަހަރު ގްރޭޑް 11އަށް ވަން ދަރިވަރުންގެ ޢަދަދު 70 އިންސައްތަ އިތުރު. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ޔުނިވާރސިޓީތަކަށް ވަންނަ ދަރިވަރުން އިތުރުވެ، މުޅި އެޑިއުކޭޝަން ސެކްޓަރ ވަރުގަދަވުން" ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ދިރާސާތަކަށް ޚާއްޞަ މަހާސިންތާއެއް ބާއްވަމުންދާއިރު ތައުލީމީ ގޮތުން ރާއްޖެ އޮތީ ހިސާބެއްގަތޯ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިކަން ދެނެގަނެވިއްޖެނަމަ ތަޢުލީމީ ދާއިރާ ކުރިއަރުވާ ހަރުދަނާ ކުރުމަށް ފަސޭހަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވީ ދައުލަތުން ތަޢުލީމީ ދާއިރާއަށް ހޭދަކުރާ މިންވަރާއި އަަޅާބަލާއިރު އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދުކަމަށެވެ. އެގޮތުން އޭލެވެލް ކިޔަވާ ދަރިވަރުން ތެރެއިން ފާސްވާ ނިސްބަތް 60 އިންސައްތައިން 50 އިންސައްތައް ދައްވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވުމާއެކު ޔުނިވާސިޓީ ތަޢުލީމަށް ދާ ދަރިވަރުންގެ ޢަދަދުވެސް މަދުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިކަމާ ވިސްނުމަށް އެންމެހާ ފަރާތްތަކަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
އިތުރު ލިޔުންތައް

ރައީސްގެ އިރުޝާދަކީ އަދުލުވެރިވުން، މަގާމާއި ހަވާލުވިއިރު ވަނީ 300 މުވައްޒަފުންނަށް ހެކި ނެތި އަދަބު ދީފައި: ޝަފީޢު
8 މަސް ކުރިން
ތަޢުލީމީ ދާއިރާއަށް މިހާރުން މިހާރަށް 2400 ޓީޗަރުން ބޭނުންވޭ - މިނިސްޓަރ
7 މަސް ކުރިން
600 އަށްވުރެ ގިނަ ސެން ޓީޗަރުން ބޭނުންވޭ: އެޑިއުކޭޝަން މިނިސްޓަރ
5 މަސް ކުރިން