ރައީސްގެ އިރުޝާދަކީ އަދުލުވެރިވުން، މަގާމާއި ހަވާލުވިއިރު ވަނީ 300 މުވައްޒަފުންނަށް ހެކި ނެތި އަދަބު ދީފައި: ޝަފީޢު


06 ނޮވެމްބަރު 2024 - 15:10
އެޑިޔުކޭޝަން މިނިސްޓަރުކަން ހަވާލުކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދަކީ މުވައްޒަފުންނާމެދު އަދުލުވެރިވުން ކަމަށާއި، މަގާމާއި ހަވާލުވިއިރު ތައުލީމީ ދާއިރާގެ 300 މުވައްޒަފުންނަށް ހެކި ނެތި އަދަބު ދީފައި ތިބިކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު އެންމެ ފުރަތަމަ ދެއްވި އިރުޝާދަކީ މުވައްޒަފުންނާމެދު އަދުލުވެރިވުން ކަމަށެވެ.
''އަޅުގަނޑު މި މަގާމާއި ހަވާލުވިއިރު ރާއްޖޭގެ ސްކޫލްތަކުގެ 40 އަކަށް ޕްރިންސިޕަލުން އެ ބޭފުޅުން ތިއްބަވަންޖެހޭނޫން ތަންތަނަށް އަރުވާލެވިފައި ވަނީ، ބައެއް މުވައްޒަފުންނަށް އަނިޔާވެރިވެފައި ވަނީ، 300 އެއްހާ މުވައްޒަފުންނަށް ހެއްކެތްނެތި އަދަބު ދީފައި ވަނީ'' މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ މުވައްޒަފަކާމެދު އަންނަ ޝަކުވާއަކީ އަދުލުވެރި ގޮތެއްގައި އަންނަ ޝަކުވާއެއްކަން ކަށަވަރު ކުރާނެ ކަމަށެވެ."އަންނަ ކޮންމެ ޝަކުވާއަކަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ފަށައިފިނަމަ ގާނޫނު އަސާސީން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގު އެމްޕްލޯއިމަންޓް އެކްޓުން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގު ވައިލޭޓް ވަމުންދާތަން ފެންނާނީ،" އޭނާ ވިދާޅުވި އެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
އަހަރެއް ކުރިން
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ
އަހަރެއް ކުރިން