logoEN
ޚަބަރު

މުގައްރަރަށް ބަދަލު ގެނެސް ތައުލީމުގެ ފެންވަރު ރަނގަޅު ކުރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

07 އޭޕްރީލު 2025 - 07:30

މި ފެށުނު ދިރާސީ އަހަރުގައި މުގައްރަރަށް ބަދަލު ގެނެސް ރާއްޖޭގެ މަދަރުސީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި މުހިންމު ކަންތައްތަކެއް ތަންފީޒު ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރާސީ އައު އަހަރުގެ ކިޔެވުންފެށުމާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

ވަޒީރު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ 90,000 އަށް ވުރެން ގިނަ ދަރިވަރުންނާއެކުގައިކަމަށާއި އެ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް 11,000 އެއްހާ ޓީޗަރުން މަސައްކަތް ކުރާނެކަމަށެވެ.

"ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ޓަކައި އަޅުގަނޑުމެން ރާވާފައިވާ ބައެއް ކަންކަން ނިމިދިޔަ އަހަރު ފަށައިގެން ކުރިއަށް ގެންދާއިރު މި އަހަރުގެ ތެރޭގައި އިތުރު މުހިންމު ކަންތައްތައް ފެށިގެން ކުރިއަށް ދާނެ. މި އަހަރު ޚާއްސަ އިސްކަމެއް ދީގެން ފައްޓަވާނެ އެއް ކަމަކީ މާއްދާތަކުގެ މުގައްރަރު އަލުން މުރާޖާކޮށް ކޮންމެހެން ގެންނަން ޖެހޭނެ ބަދަލުތައް ގެނައުމާއި ދަރިވަރުންނަށް އުގަންނައިދެވޭ ކޮންޓެންޓުގެ ފެންވަރު ރަނގަޅު ކުރުން.ހަމަ އެހެންމެ ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކީ ސްޓޭޖް ހަތަރެއްގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓް އެކުލަވާލުމުގެ އަމަލީ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ".

އެކި މަރުހަލާތަކުގައި ދަރިވަރުންގެ ފެންވަރު ހުރިގޮތް ދެނެގަތުމަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ "ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ) މިހާރު ކުރިއަށް ގެންދަނީ ކީ ސްޓޭޖް އެކެއް އަދި ދޭއް މަރުހަލާގައިކަން ފާހަގަކުރައްވަމުން މި ފެށުނު ދިރާސީ އަހަރުގައި ކީ ސްޓޭޖު ތިނެއް ނިންމާ ދަރިވަރުންނަށް މި އެސެސްމަންޓް ދިނުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް ވިދާޅުވިއެވެެ. މީގެ އިތުރުން ރާއްޖޭގައި ފަށާ ތައުލީމު އުނގެނޭ ދަރިވަރުންގެ ފެންވަރު ބައިނަލްއަގުވާމީ ލެވަލްގައި ބެންޗު މާކު ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder