ތަޢުލީމީ ދާއިރާއަށް މިހާރުން މިހާރަށް 2400 ޓީޗަރުން ބޭނުންވޭ - މިނިސްޓަރ


25 ނޮވެމްބަރު 2024 - 14:03
ތަޢުލީމީ ދާއިރާއަށް މިހާރުން މިހާރަށް 2400 މުދައްރިސުން ބޭނުންވާ ކަމަށާއި ޕްރައިމަރީ މުދައްރިސުންގެ ގޮތުގައިވެސް 250 މުދައްރިސުން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދަޢުލަތުގެ މީޑިޔާއަށް ދެއްވި އިންޓަރވިއުއެެއްގައެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިއަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދައްރިސުކަން ކިޔަވާ އަހަރުކަމަށެވެ. އެގޮތުން މިއަހަރު އަލަށް 600 އަށްވުރެ ގިނަ ދަރިވަރުން މުދައްރިސުކަން ކިޔަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ވޭތުވެދިޔަ 10 އަހަރާ އަޅާ ބަލާއިރު އިތުރު އަދަދެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް މުދައްރިސުން އިތުރުކުރުމަށާއި ޚާއްސަކޮށް ދިވެހިން އިތުރުކުރުމަށް މުދައްރިސުން ތަމްރީންކުރުމުގެ ޤަޢުމީ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެ ޕްރޮގްރާމްގެ ދަށުން 135 ދަރިވަރަކަށް ވަނީ ސްކޮލަރޝިޕް ދީފައެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު މަދުވެގެން 150 ދަރިވަރުން ތަމްރީނު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.މިޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް މަހަކު 1500 ރުފިޔާ ސްޓައިޕެންޑެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖައްސާފައެވެ.
އިތުރު ލިޔުންތައް

އުފެއްދުންތެރި ޖީލެއް ބިނާކުރެވޭނީ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވެގެން - މިނިސްޓަރ
9 މަސް ކުރިން
ރައީސްގެ އިރުޝާދަކީ އަދުލުވެރިވުން، މަގާމާއި ހަވާލުވިއިރު ވަނީ 300 މުވައްޒަފުންނަށް ހެކި ނެތި އަދަބު ދީފައި: ޝަފީޢު
8 މަސް ކުރިން
600 އަށްވުރެ ގިނަ ސެން ޓީޗަރުން ބޭނުންވޭ: އެޑިއުކޭޝަން މިނިސްޓަރ
5 މަސް ކުރިން