logo
MPL

MPL

ޚަބަރު

ކޯޓަށް ހާޒިރުނުވެ ދިއްދޫއަށް ވަޑައިގަތުމުން ޔާމީނަށް ކޯޓުގެ އިންޒާރު

އާމިނަތު ޝަފާ
27 އޮކްޓޯބަރު 2025 - 10:52
ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި
ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި ވަނިކޮށް ޝަރީއަތަށް ހާޒިރުނުވެ، ހއ. ދިއްދޫއަށް ވަޑައިގަތުމުން އެމަނިކުފާނާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ޔާމީން ދިއްދުއަށް ވަޑައިގެންނެވީ ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ދިއްދުއަށް ވަޑައިގެންނެވިއިރު ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި މިއަދަށް ވަނީ ތާވަލުކޮށްފައެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:30 އަށެވެ.

މިކަމާ ގުޅިގެން ކުރިމިނަލް ކޯޓުން ބުނީ ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެއްކަމަށެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން ދައުވާކޮށްފައި ވަނީ ކްރިކު ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓުމަންޓުގެ މައްޗަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | 2 ގަޑިއިރު ކުރިންޔާމީން މަސައްކަތް ކުރައްވަނީ ރައީސް މުޢިއްޒަށް އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ތަރައްޤީ ހުއްޓުވަން: ފަލާޙްޚަބަރު | 11 ދުވަސް ކުރިންމޫނަށް ރުލެއް އަރުވައިނުލާ އެ ފެތުރީ ދޮގު، އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭރިޕޯޓް | 14 ދުވަސް ކުރިންފަލާހު ޔާމީނަށް: ވެރިކަމުގެ ވަސްވެސް ދުވާހިސާބަކަށް ދެން ނާދެވޭނެޚަބަރު | 14 ދުވަސް ކުރިން