logo
Bank of Maldives

Bank of Maldives

ވިޔަފާރި

އައު ޓާމިނަލުން ޚިދުމަތްދޭން ފެށި 16 ވަނަ އެއާލައިނަކަށް އަޒަރުބައިޖާން އެއާލައިންސް

ޢައްފާން މުޙައްމަދު
27 އޮކްޓޯބަރު 2025 - 14:49
އައު ޓާމިނަލުން ޚިދުމަތްދޭން ފެށި 16 ވަނަ އެއާލައިނަކަށް އަޒަރުބައިޖާން އެއާލައިންސް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އަޒަރްބައިޖާންގެ ގައުމީ އެއާލައިން, އަޒަރްބައިޖާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އަޒަރްބައިޖާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމިއްޔާތުގައި އަވިއާ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އަރުޝަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަޒަރްބައިޖާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 55 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, J2301 އިން ރާއްޖެ އައި 156 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

WhatsApp Image 2025-10-27 at 19.47.17_4c2b8512.jpg

 

އަޒަރްބައިޖާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 9 ނޮވެންބަރު 2024 ގައެވެ.

އަޒަރްބައިޖާން އެއާލައިންސް އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 16 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

WhatsApp Image 2025-10-27 at 19.47.19_b7a00333.jpg

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ޓާމިނަލުން ޚިދުމަތްދޭން ފެށި 16 ވަނަ އެއާލައިނަކަށް އަޒަރުބައިޖާން އެއާލައިންސްވިޔަފާރި | 8 ގަޑިއިރު ކުރިންއައު ޓާމިނަލުން މެލޭޝިއާ އެއާލައިންސް އަށް ޚިދުމަތްދޭން ފަށައިފިޚަބަރު | 16 ދުވަސް ކުރިންވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަނީޚަބަރު | މަހެއް ކުރިން