logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފި

އައިޝަތު ނަޝާ
25 ޖުލައި 2026 - 10:16
ދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފި

ދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ފަށައިފިއެވެ.

އެމްއެންއޭއިން ބުނީ މި ސަރވޭ ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ހޯލްގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސާވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގްސަދު، ދަތުރު ކުރި ގައުމު، ޓިކެޓުގެ ހަރަދު، ހުރުމުގެ ހަރަދު، ބޭސް ފަރުވާއަށް ކުރެވުނު ހަރަދުގެ އިތުރުން ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތު ހިމެނޭކަމަށް އެމްއެމްއޭއިންބުނެފައިވެއެވެ.

 

View post on Twitter

 

ނަމަވެސް ވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މި ސާވޭގައި އެއް ނުކުރެވޭނެ ކަމަށާއި އަދި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ.

HOD4QCJbwAAhxtA.jpg

 

އެމްއެމްއޭއިން ބުނީ، ސާވޭ ކުރެވޭ މުއްދަތުގައި އެ އޮތޯރިޓީގެ މުވައްޒަފުން ވީއައިއޭގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެހެންކަމުން މި މުއްދަތުގައި ރާއްޖެއަށް އެނބުރު ވަޑައިގަންނަވާ އެންމެހާ ދިވެހިން ފުރިހަމަ އެއްބާރުލުން މި ސާވޭއަށް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރު ފިޔަވަޅުތައް: ދިރާސާތަކާއި ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ މުޅި އިގްތިސާދަށް ދުޅަހެޔޮކަން ލިބޭނެ ސިޔާސަތުތަކެއްރިޕޯޓް | 10 ދުވަސް ކުރިންމިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުންޚަބަރު | 15 ދުވަސް ކުރިންވެލާނާ އެއަޕޯޓާއި، މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެޚަބަރު | މަހެއް ކުރިންދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފިޚަބަރު | މަހެއް ކުރިން