އެމްއެމްއޭގެ ގަވަރުނަރު އިންޑިއާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރާ ބައްދަލުކުރައްވައިފި
21 އޮކްޓޯބަރު 2026 - 06:35

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު، އިންޑިއާގެ ރިޒަރވް ބޭންކް (އާރްބީއައި) ގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ދިއްލީގައި، އެ ޤައުމުގެ މަރުކަޒީ ބޭންކުން އިންތިޒާމުކޮށްގެން ބޭއްވި "ސަމްވާދު 2026" ސެމިނާގެ ހަވާސާގެ ތެރެއިންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބައްދަލުވުމުގައި، ރާއްޖެއަށް ދިން 30 ބިލިއަން އިންޑިއަން ރޫޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވަރ ހަމަޖައްސައިދެއްވުމުން އާރްބީއައި އަށް ގަވަރުނަރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ ޖުލައި 30 ގައި ފެށި ރާއްޖޭގެ 'ފަވަރަ' އަދި އިންޑިއާގެ 'ޔޫޕީއައި' ގުޅުވުމުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ތައާރަފުކުރަން ހަމަޖެހިފައިވާ 'ޕާސަން-ޓު-މާޗަންޓް' ހިދުމަތާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މިހިދުމަތުގެ ސަބަބުން ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އަދި މިއީ ދެ ގައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމްއެމްއޭއިން ފާހަގަކުރި އެވެ.

-01.jpg&w=3840&q=75)
