logo
MPL

MPL

ޚަބަރު

ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑެއްގައި ބޭނުންކުރެވޭ ގޮތަށް ހަދައިފި

އަޙުމަދު ރިޝާން
17 ސެޕްޓެމްބަރު 2026 - 04:31
ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑެއްގައި ބޭނުންކުރެވޭ ގޮތަށް ހަދައިފި

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރޭ ޔުނިކޯޑް ސްޓޭންޑާޑްގައި، ދިވެހި ރުފިޔާގެ ނިޝާން ބޭނުންކުރެވޭ ގޮތަށް ހަދައިފި އެވެ.

ޔުނިކޯޑް ސްޓޭންޑާޑް ވާޝަން ޔުނިކޯޑް 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، މި ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްއޭއިން ބުނިގޮތުގައި 2022 ވަނަ އަހަރު ތައާރަފުކޮށްފައިވާ ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނިގެން ދިއުމާއެކު، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެއެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް އެމްއެމްއޭއަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ. ޔުނިކޯޑް ކޮންސޯޓިއަމްއަކީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެކި ގައުމުތަކުގެ ފައިސާގެ ނިޝާންތައް އެއް މިންގަނޑަކުން ދެނެގަނެވޭ ގޮތަށް ހަދައި، އެކަން ބަލަހައްޓާ އިދާރާއެކެވެ. ނަމަވެސް ކޮންމެ ގައުމެއްގެ ފައިސާގެ ނިޝާންތައް ތައްޔާރުކޮށް ޑިޒައިން ކުރުމަކީ އެ ގައުމެއްގެ ރަސްމީ އިދާރާތަކުން އަމިއްލައަށް ކުރާ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެޓް ފިއުލް ވިއްކައިގެން ހޯދި އާމްދަނީ އިތުރުވެއްޖެވިޔަފާރި | 2 ގަޑިއިރު ކުރިންއަންނަ އަހަރު ރިޒާވް 907 މިލިއަން ޑޮލަރަށްވިޔަފާރި | 4 ދުވަސް ކުރިންއެމްއެމްއޭގެ ގަވަރުނަރު އިންޑިއާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރާ ބައްދަލުކުރައްވައިފިޚަބަރު | 12 ދުވަސް ކުރިންޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑެއްގައި ބޭނުންކުރެވޭ ގޮތަށް ހަދައިފިޚަބަރު | 2 މަސް ކުރިން