ޖެޓް ފިއުލް ވިއްކައިގެން ހޯދި އާމްދަނީ އިތުރުވެއްޖެ
2 ނޮވެމްބަރު 2026 - 06:14

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 255.8 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ރި-އެކްސްޕޯޓްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރި-އެކްސްޕޯޓްކުރި 167.9 މިލިއަން ޑޮލަރުގެ ޖެޓް-ފިއުލްއާ އަޅާބަލާއިރު 52 ޕަސެންޓް އިތުރުވުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 314.9 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއިން ރި-އެކްސްޕޯޓްކޮށްފައިވެ އެވެ.
މީގެ ތެރެއިން 81.2 ޕަސެންޓަކީ ޖެޓް ފިއުލް އެވެ.
.png&w=750&q=75)
Ad by Hajj Corporation
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް ލިބޭ އާމްދަނީއަށް ބަލާއިރު ޖެޓް ފިއުލް ވިއްކައިގެން އެ ކުންފުންޏަށްވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.
ރާއްޖެއަކީ ބައެއް އެއާލައިންތަކުން ޓްރާންސިޓްކޮށް، ތެޔޮ އެޅުމަށް ބޭނުންކުރާ މަންޒިލަކަށްވާތީ މިފަދަ ބޯޓުތަކަށް ތެޔޮ އަޅައިދީގެން ދައުލަތަށް ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުންދާކަންވެސް ފާހަގަކުރެ އެވެ.

-01.jpg&w=3840&q=75)
