އަންނަ އަހަރު ރިޒާވް 907 މިލިއަން ޑޮލަރަށް
29 އޮކްޓޯބަރު 2026 - 12:27

ރާއްޖޭގެ ރަސްމީ ރިޒާވް އަންނަ އަހަރު 907 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ މި އަހަރުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
"އަދި 2027 ވަނަ އަހަރު ރިޒާވް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 907.2 މިލިއަން އެމެރިކާ ޑޮލަރުގައި،" މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.
ރިޒާވް އިތުރުކޮށް ދައުލަތުގެ ކޭޝް ފްލޯ ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ވަނީ ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނު އިސްލާހުކޮށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ރިސޯޓްތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ 40 ޕަސަންޓް އަދި ގެސްޓްހައުސްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 20 ޕަސަންޓް ބޭންކްތަކަށް ޖަމާކުރުމަށް މިހާރު ވަނީ ލާޒިމުކޮށްފަ އެވެ.
އަންނަ އަހަރު ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރާއިރު އިގްތިސާދީ އެންމެ އުދަނގޫ މަރުހަލާތައް ސަރުކާރުން މިއަހަރު ވަނީ ހިކުމަތްތެރިކަމާއެކު ކަނޑައްތުކޮށްފަ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން މަތިކޮށް، މާލީ ނުރައްކާ ކުޑަ ގައުމެއްގެ ދަރަޖައަށް ރާއްޖެ ބަދަލުކޮށްފަ އެވެ.

-01.jpg&w=3840&q=75)
