logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުއިއްޒު ޖުޑިޝަރީ ތެރެއަށް ވަދެ އަތްބާނާ މަންޒަރެއް ނުފެނޭ: މެމްބަރު މުސްތަފާ

އައިޝަތު ނަޝާ
30 އޮކްޓޯބަރު 2025 - 05:13
ރައީސް މުއިއްޒު ޖުޑިޝަރީ ތެރެއަށް ވަދެ އަތްބާނާ މަންޒަރެއް ނުފެނޭ: މެމްބަރު މުސްތަފާ

ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ބެހިފައިވާ 3 ބާރުގެ ތެރެއިން،ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ،ޖުޑިޝަރީ ތެރެއަށް އަތްބާނާ ހަރާބުކުރަމުންދާ މަންޒަރު ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ މެންދުރު ޓީވީން ގެނެސްދޭ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މެމްބަރު މިފަދައިން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޑރ.މުހައްމަދު މުއިއްޒު ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން ވެރިކަންކުރައްވަމުން ގެންދަވާ ކަމަށް ބުނެ ފާޑުކިޔަމުން ދާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން މި ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށާއި، ފަނޑިޔާރުން ވަކިކުރީ އެ ބޭފުޅުން ހިންގި ކަމެއްގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބެލުމަށްފަހު، ޖުޑިޝަރީން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ،ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

މިއާ ޙިލާފަށް އެމްޑީޕީ ސަރުކާރުން އޭރު ވެރިކަމަށް އަރާ ކޯޓުތަކުގައި އޭރުތިބި އެންމެ ތަޖުރިބާކާރު އެތަށް ފަނޑިޔާރުންތަކެއް ވަކިކޮށްފައިވަނީ، އެ ބޭފުޅުންގެ ސުލޫކީ މައްސަލައެއް ހުރެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށް ބުނެ ކަމަށް ވެސް މެމްބަރުގެ ވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އޭރުގެ ޖުޑިޝަރީ ސަރވިސް ކޮމިޝަނުން، އޭރު ވަކި ކުރެއްވި ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް ނުދެއްވާކަން ފާހަގަ ކުރައްވާ މެމްބަރު އިތުރަށް ވިދާޅުވީ، މިފަހަރު ސްޕްރީމް ކޯޓުން ވަކި ކުރެއްވި ބޭފުޅުންނަށް އެ ފުރުސަތު ވެސް ލިބިގެން ދިޔުމުގެ އިތުރުން ޤާނޫނީ ވަކީލެއް ބޭނުން ކުރުމުގެ ފުރުސަތު ވެސް ލިބިގެން ދިޔަ ކަމަށެވެ.

އެހެންކަމުން އެކަން ކުރެވިގެން ދިޔައީ، ވަކި ކުރެވުނު ފަނޑިޔާރުންނަށް އެ ފުރުސަތުތަށް ލިބި އުސޫލާ ހަމަ ތަކުގެ ތެރެއިން ކަމަށްވުމުން އިދިކޮޅު ފަރާތްތަކަށް އެކަމާމެދު ފާޑު ނުކިޔޭނެކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު ޖުޑިޝަރީ ތެރެއަށް ވަދެ އަތްބާނާ މަންޒަރެއް ނުފެނޭ: މެމްބަރު މުސްތަފާޚަބަރު | 10 ގަޑިއިރު ކުރިން