logo
Bank of Maldives

Bank of Maldives

ޚަބަރު

ޒުވާނުންގެ ކަންބޮޑުވުމަށް ދާއިމީ ހައްލު: ރޭސިން ޓްރެކް އެޅުމަށް 2.4 މިލިއަން ރުފިޔާ ‪ހިމަނައިފި

އާމިނަތު ޝަފާ
31 އޮކްޓޯބަރު 2025 - 06:57
ޒުވާނުންގެ ކަންބޮޑުވުމަށް ދާއިމީ ހައްލު: ރޭސިން ޓްރެކް އެޅުމަށް 2.4 މިލިއަން ރުފިޔާ ‪ހިމަނައިފި

ގިނަ ދުވަސްތަކެއްވަންދެން ހައްލުނުވެ އޮތް ރޭސިން ޓްރެކްގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވަައިދެއްވުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޕަބްލިކް ސެކްޓާ އިނެވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ރޭސިން ޓްރެކްތައް އެޅުމަށް 2.4 މިލިއަން ރުފިޔާ ސަރުކާރުން ހިމަނައިފިއެވެެ.

އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ މަޝްރޫޢުތަކަށް 403 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރޭޓިސް ޓްރެކް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައިވަނީ 2,375,000 (ދެ މިލިއަން ތިން ލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާ ހިމަނާފައެވެ.

މިކަމާ ގުޅިގެން މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވަނީ ރޭސިން ދާއިރާގައި ހަރާކާތްތެރިވާ އެތައް ޒުވާނުން އެތައް ޒަމާނެއް ވަންދެން އެތައް ސަރުކާރެއްގައި ދަންނަވައިގެން ހައްލު ނުލިބި އޮތް މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

ބަޖެޓްގައި މި މަޝްރޫއު ހިމެނިގެން ދިޔުމަކީ ރޭސިންގ ގައި ހަރަކާތްތެރިވާ ހުރިހާ ޒުވާނުންނަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ތަސައްލީއަކާއި ހިތްހަމަޖެހުމެއްކަން ނަރީޝްވަނީ ފާހަގަކުރައްވަފައެވެ.

މާލޭ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން ނިންމާފައިވަނީ ބްރިޖު ހައިވޭ ބޭރުން ސަރަހައްދެއް ހިއްކައިގެންނެވެ. އަދި މި ރޭސިން ޓްރެކް އެޅުމަށް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައެވެ.

ރޭސިން ޓްރެކްގެ މަސައްކަތަކީ އެމްއޭސީއެލުން އިންވެސްޓްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.ހައިވޭގެ ބޭރުން ސަރަހައްދެއް ހިއްކައިގެން ރޭސިންގ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ނުބެލެވޭތީއެވެ. އަދި ރޭސިންގ ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދަކަށްވާތީއެވެ.

ރޭސިންގ ޓްރެކެއް ޤާއިމުކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ ކަންބޮޑުވުމަށް ދާއިމީ ހައްލު: ރޭސިން ޓްރެކް އެޅުމަށް 2.4 މިލިއަން ރުފިޔާ ‪ހިމަނައިފި ޚަބަރު | 18 ގަޑިއިރު ކުރިންބަޖެޓް 2026: ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ޚަބަރު | 19 ގަޑިއިރު ކުރިން