logo
MPL

MPL

ޚަބަރު

ބަޖެޓް 2026: ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ

އާމިނަތު ޝަފާ
31 އޮކްޓޯބަރު 2025 - 06:11
ބަޖެޓް 2026: ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ކުރީގެ ރައީސުންނަށްދޭ އިނާޔަތުގެގޮތުގައި 19.7 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ޖުމްލަ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާއެވެ. މިއީ މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ބަޖެޓެވެ. ނަމަވެސް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ބަޖެޓުގެ ނިސްބަތުން ބޮޑު އިންސައްތައެއް ބޮންޑާއި ސުކޫކު ދެއްކުމަށް ހިމަނާފައިވެއެވެ. މިއަދަދު އުނިކުރުމުން ބަޖެޓު 55 ބިލިޔަން ރުފިޔާއަށް ދަށްވެއެވެ.

ރާއްޖޭގެ ރައީސްކަންކޮށްފައިވަނީ 5 ބޭފުޅަކަށް އިނާޔަތްދިނުމަށް ބަޖެޓުގައި ހިމެނާފައިވާއިރު، އެންމެ ބޮޑު އިނާޔަތެއް ދެނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ފައިސާއަށެވެ. ކުރީގެ ރައީސުންގެތެރެއިން ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކު ފައިސާގެ އިނާޔަތް ނުނަންގަވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގެ ތަފްސީލްތައް:

• ކުރީގެ ރައީސުންނަށް ލިބޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 4 ރައީސުންނަށް ޖުމްލަ: 2.7 މިލިއަން ރުފިޔާ
• ކުރީގެ ރައީސުންނަށް ލިބޭ ލިވިންގ އެލަވަންސް ގޮތުގައި 5 ރައީސުންނަށް ޖުމްލަ: 3 މިލިއަން ރުފިޔާ
• ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ފައިސާގެ ގޮތުގައި 5 ރައީސުންނަށް ޖުމްލަ: 10.5 މިލިއަން ރުފިޔާ
• ކުރީގެ ރައީސުންނަށް ބޭސް ފަރުވާ ކުރުމަށް ދޭ ފައިސާ: 3.5 މިލިއަށް ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުގައި ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއަހަރު އަހަރުގެ ބަޖެޓުގައި މިކަމަށް ކަނޑައަޅާފައިވަނީ 21 މިލިއަން ރުފިޔާއެވެ.

ކުރީގެ ރައީސުންނާއި ކުރީގެ މެމްބަރުންގެ އިނާޔަތް ކުޑަކުރަން މި ސަރުކާރުން މިހާރު ހުށަހަޅާފައިވާއިރު ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން:

  • އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ. 
  • އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 75،000ރ.
  • ދިރިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000ރ. 
  • މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000ރ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ އެއް ދައުރު ނުވަތަ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ވެސް އުމުރުން 55 އަހަރުން މަތިވުމުން ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން އިނާޔަތްދޭންޖެހެ އެވެ. އެގޮތުން:

  • އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް: މުސާރައިގެ %30 ދޭންޖެހޭ
  • ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް: މުސާރައިގެ %45 ދޭންޖެހޭ 
  • މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތް އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންޖެހޭ
Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުނަ އުފައްދަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އިދިކޮޅަށް ރައްޔިތުންނެއް ނުހެއްލޭނެ: މުފީދުޚަބަރު | 3 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓް މާދަމާ ހުށަހަޅަނީޚަބަރު | 4 ގަޑިއިރު ކުރިންމަޖިލީހުގެ ރައީސް އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 10 ގަޑިއިރު ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | ދުވަހެއް ކުރިން