logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލުން ލުބުނާނަށް ހަމަލާދިނުން ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި

މަރިޔަމް ޔަނާ އަލީ
1 އޮކްޓޯބަރު 2024 - 17:57
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވަޒީރުން ---ފޮޓޯ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވަޒީރުން ---ފޮޓޯ ރައީސް އޮފީސް

އިސްރާއީލުން ލުބުނާނަށް ހަމަލާދިނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.

ރައީސް އެފަދައިން ކުށްވެރިކުރެއްވީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، އިސްރާއީލުން ލުބުނާނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ އަމަލުތަކުގެ ސަބަބުން ލުބުނާންގެ އާންމުން މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެކަމުގެ ސަބަބުން އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި އެކަމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ވަރަށް ބޮޑަށް ހިލާފު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޒްރޭލު ޖަވާބުދާރީ ކުރުވުމަށާއި ލުބުނާނާއި ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، އިސްރާއީލުން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 700 އެއްހާ މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ސިއްޚަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 14 ގަޑިއިރު ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު ޚަބަރު | 2 ދުވަސް ކުރިން