logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ބޯހިޔާވެހިކަމުގެ ބިލަށް އިސްލާހު ގެނައުމަށް ކޮމިޓީން ނިންމައިފި

އައިޝަތު ނަޝާ
2 ނޮވެމްބަރު 2025 - 10:54
 ބޯހިޔާވެހިކަމުގެ ބިލަށް އިސްލާހު ގެނައުމަށް ކޮމިޓީން ނިންމައިފި

އާންމުނާއި އިދާރާތަކުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ހިޔާލުތައް ހިމަނައިގެން ބޯހިޔާވެހިކަމުގެ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީން ނިންމައިފިއެވެ.

ބޯހިޔާވެހިކަމުގެ ބިލަށް މަޝްވަރާކުރެއްވުމަށް މިއަދުގެ ހެނދުނާއި މެންދުރު ފަހުގައި ބޭއްވި ބައްދަލުވުންތަކުގައި ކޮމިޓީއިން ވަނީ އެ ހިޔާލުތަކާއި ގުޅިގެން ހުށަހަޅާފައިވާ ހިޔާލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޓީގެ މުގައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ އެ ބިލަށް ގިނަ ހިޔާލުތަކެއް އާންމުނާއި އެކި އިދާރާތަކުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި އެ ބިލަށް ހައުސިން މިނިސްޓްރީން ވެސް ހިޔާލު ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ މިނިސްޓްރީން ހުށަހަޅާ ހިޔާލުތައް ކޮމިޓީއަށް ލިބޭނީ އަންނަ އަންގާރަ ދުވަހުގައި ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ބިލަށް ލިބިފައިވާ ހިޔާލުތަކަށް މަޝްވަރާކޮށް އިސްލާހުތައް ގެނެސް ނިންމައި ކޮމިޓީން ބިލު ފާސްކުރުމަށް ފަހު އަންނަ ހަފުތާގައި ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ ބިލު ހުށަހަޅަން ގަސްދުކުރާ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މިހާރު ހުށަހަޅާފައިވާ ބައެއް ހިޔާލުތަކަށް ހިމަނައިގެން ބޯހިޔާވެހިކަމުގެ ބިލަށް އިސްލާހު ގެނައުމަށް ނިންމާފައެވެ. އެގޮތަށް ނިންމީ ކޮމިޓީއަށް ހާޒިރުވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވެހިކަމުގެ ބިލަށް އިސްލާހު ގެނައުމަށް ކޮމިޓީން ނިންމައިފިޚަބަރު | 17 ގަޑިއިރު ކުރިންބަޖެޓް 2026: ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ޚަބަރު | 3 ދުވަސް ކުރިންބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާޚަބަރު | 4 ދުވަސް ކުރިންދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ ޚަބަރު | 4 ދުވަސް ކުރިން