logo
Bank of Maldives

Bank of Maldives

ޚަބަރު

ނަޞްރުގެ ދުވަހާ ގުޅުވައިގެން ސިފައިންގެ ހެވިކަމުގެ ހަރަކާތްތަށް ބާއްވަނީ

އައިޝަތު ނަޝާ
2 ނޮވެމްބަރު 2025 - 11:10
ނަޞްރުގެ ދުވަހާ ގުޅުވައިގެން ސިފައިންގެ ހެވިކަމުގެ ހަރަކާތްތަށް ބާއްވަނީ

މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް މާދަމާ ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދިފާޢީ ބާރުން މައުލޫމާތު ދޭ ގޮތުގައި ،ޖުމްހޫރީ މައިދާނުގައި މިއަހަރު އޮންނަ ހުށައެޅުމުގެ މަޤުޞަދަކީ ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު ޢާންމުންނަށް ދައްކާލުން ކަމަށެވެ. އެގޮތުން މިއަހަރު ހުށައަޅައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަން ކަމަށެވެ. މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެންނާނެކަމަށްވެސް ފިރުދައުސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރާ ޚިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށާއި މި ހަރަކާތް ވާނީ ޢާންމުން ވަރަށް ޝައުޤުވެރިވާނެ ހަރަކާތަކަށް ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.
އަދި މީގެ އިތުރުންވެސް ޖުމްހޫރީ މައިދާނުގައި ގިނަ ޙަރަކާތްތަކެއް ރާވާފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެފައި ވެއެވެ.

އެގޮތުން ޖަމާޢަތުގައި ސިފައިން ފަތިސް ނަމާދުކުރުމާއި 3 ނޮވެންބަރުގެ ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓްކުރުން އޮންނާނެއެވެ. އަދި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ދުވަހު ޝަހީދުވި، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިޔާވި ހާދިސާ ދައްކުވައިދޭ މިއުޒިކަލް ޑިސްޕްލޭއެއް ދައްކުވައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ 3 ނޮވެމްބަރު ވާ ހޯމަ ދުވަހު ޒުވާނުންގެ މަރުކަޒުގައި ހެނދުނު 9:00 ގައެވެ.

މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައެވެ. ނަމަވެސް 15:30 އިން ފެށިގެން ޢާންމުންނަށް ޖުމްހޫރީ މައިދާން ހުޅުވާލެވޭނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިފައިންގެ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފިޚަބަރު | މަހެއް ކުރިން"ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް"ޚަބަރު | މަހެއް ކުރިންސިފައިންނަށް ޚާއްޞަ ހައުސިންގ މަޝްރޫޢެއް މި އަހަރު ފަށަނީޚަބަރު | މަހެއް ކުރިންސިފައިންގެ ޚިދުމަތް ވަރުގަދަކޮށް، ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސްޚަބަރު | މަހެއް ކުރިން