logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަނީ

އައިޝަތު ނަޝާ
2 ނޮވެމްބަރު 2025 - 11:36
 މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަނީ

ނަސްރުގެ ދުވަހާ ގުޅިގެން މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށް ސޯޝަލް ސެންޓަރުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އާ ގުޅިގެން ސޯޝަލް ސެންޓަރުގެ ވަށައިގެންވާ މަގުތައް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ އިތުރުން ، ނަސްރުގެ ދުވަހުގެ މިލިޓަރީ ޑިސްޕްލޭ އިވެންޓާ ގުޅިގެން ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ފަޅު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވަނީ ބަންދުކޮށްފައިވާ މަގުތަކުގެ ޗާޓެއް ވެސް އާންމުކޮށްފައެވެ. އެ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދުވާނެއެވެ.އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެއެވެ. ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް ބަންދުވާނެ ކަމަށް ޗާޓްގައިވެއެވެ.

ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ރަސްމީ ފާލަމުން ފެށިގެން ކަނޑުގެ 300 މީޓަރުގެ ސަރަހައްދެއް ވެސް ބަންދުކޮށްފައިވާ ކަމަށް އެ ޗާޓުން ދައްކައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިޔަސްވި ދިވެހި ޒުވާނާ ނިޔާވެއްޖެޚަބަރު | 2 ގަޑިއިރު ކުރިން ޑޮލަރު ފޭރުނު މައްސަލަ: ހައްޔަރުކުރި ހަތަރު މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންލޭންޑިން ކްރާފްޓް ހާދިސާ: ފަރުވާ ދެމުން އަންނަ ދިވެއްސެއްގެ ހާލު ސީރިއަސްޚަބަރު | 16 ގަޑިއިރު ކުރިންލޭންޑިން ކްރާފްޓް ބަންޑުންޖަހާލުން: އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ޚަބަރު | 18 ގަޑިއިރު ކުރިން