ލޭންޑިން ކްރާފްޓް ބަންޑުންޖަހާލުން: އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް
2 ނޮވެމްބަރު 2025 - 12:33

އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.
ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 3:44 ގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މި ހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ފަރުވާދެމުން ގެންދާ މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީއެކެވެ.
ހާދިސާ ހިނގިއިރު ލޭންޑިން ކްރާފްޓުގައި ޖުމްލަ 14 މީހުން ތިބިކަމަށާއި އެ އެންމެންވެސް މިހާރު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަދި އަނިޔާވި މީހުންގެ ތެރެއިން ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއްލިބި ހާލު ސީރިއަސްކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަސްވެސް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.


