logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މައުމޫނަށާއި ޝަހީދުންގެ ޢާއިލާތަކަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި

އާމިނަތު ޝަފާ
3 ނޮވެމްބަރު 2025 - 04:14
ރައީސް މައުމޫނަށާއި ޝަހީދުންގެ ޢާއިލާތަކަށް  ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވައިފިއެވެ.

މި އައްޑަނަތައް އެރުވީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުން:

ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތުމަނިކު

ޝަހީދު ކޯޕްރަލް ހުސައިން އާދަމް

ޝަހީދު ކޯޕްރަލް މުހައްމަދު ހަސަން

ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހީމް

ޝަހީދު ސާރޖަންޓް އާދަމް ނަސީރު

ޝަހީދު ކޯޕްރަލް ހުސައިން މުހައްމަދު

ޝަހީދު ކޯޕްރަލް އަބްދުﷲޒުހައިރު

ޝަހީދު ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު

ޝަހީދުވި އާއްމުން:

• ޝަހީދު އަލްމަރުހޫމް އިސްމާޢީލް ޙަލީމް މ. ރޯޒްބުޝް (35 އަހަރު)
• ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙަމީޒު މ.ބީޗްސައިޑް / މާލެ (22 އަހަރު)
• ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޗާންދަނީއާގެ / ހއ. ދިއްދޫ (45 އަހަރު)
• ޝަހީދު އަލްމަރުހޫމް އަޙްމަދު ލަބީބު އޯކިޑްމާގެ / ސ.ހިތަދޫ (52 އަހަރު)
• ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙުސައިން ސޯސަން / ހއ.ބާރަށް (މއ. އަންނާރުގެ) (52 އަހަރު)
• ޝަހީދު އަލްމަރުހޫމް ޢަބްދުއްސައްތާރު އާދަމް ހ. މެރިހާނާ (49 އަހަރު)
• ޝަހީދު އަލްމަރުހޫމް ޢަބްދުއްރަޙްމާން އާދަމް މ.ޑްރީމީލައިޓް / މާލެ (53 އަހަރު)
• ޝަހީދު އަލްމަރުހޫމް އަޙްމަދު ރަޝީދު ހ.ވެލްގްރޯ / މާލެ (24 އަހަރު)
• ޝަހީދު އަލްމަރުހޫމް ޙަސަން ޒަރީރު އަލިމަސްގެ / ގއ.ވިލިނގިލި (20 އަހަރު)
• ޝަހީދު އަލްމަރުހޫމް ޖަވާދު ޢުމަރު ކާމިނީގެ / ތ.ދިޔަމިގިލި (16 އަހަރު)
• ޝަހީދު އަލްމަރުހޫމް ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ / ކ.ދިއްފުށި (70 އަހަރު)

ދިވެހިންގެ 6 ޚާއިނުން، ލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ދިން 19 ދިވެއްސަކު ޝަހީދުކޮށްލާފައިވެއެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ހަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.

ހަމަލާގައި އިސްކޮށް އުޅުނު ދިވެހި ދެ ޙާއިނުން ކަމަށްވާ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ މައްޗަށް ކޯޓުން، އިއްވީ މެރުމުގެ ހުކުމެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އޭރުގެ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، ރައީސް މައުމޫން އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަަކަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސަކީ މާލޭގެ ރައްޔިތުންގެ ލޯތްބާއި ކުލުނު ލިބިވަޑައިގެންނެވި ވެރިއެއް: ނައިބުރަައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރަކީ މާލެ ރައްޔިތުންނަށް 'ރަން ޒަމާން': ޖަލީލްޚަބަރު | 20 ގަޑިއިރު ކުރިންޕިކްނިކް އައިލެންޑް ތަރައްގީކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީޚަބަރު | ދުވަހެއް ކުރިންދިވެހި ވަތަނީ ޚިދުމަތް: ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މުހިންމު މަސައްކަތެއްރިޕޯޓް | 3 ދުވަސް ކުރިން