logo
Bank of Maldives

Bank of Maldives

ވިޔަފާރި

ޒުވާނުންނަށް ތަމްރީނުދިނުމަށް އެމް.ޕީ.އެލްއާއި ޔޫތު މިނިސްޓްރީން ވެފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އައުކޮށްފި

އާމިނަތު ޝަފާ
4 ނޮވެމްބަރު 2025 - 07:10
ޒުވާނުންނަށް ތަމްރީނުދިނުމަށް އެމް.ޕީ.އެލްއާއި ޔޫތު މިނިސްޓްރީން ވެފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އައުކޮށްފި

ޒުވާނުން ބާރުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާ ދެމެދު ވެފައިވާ ފަހުމުނާމާ އިތުރު ތިން އަހަރަށް އައުކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ފަހުމުނާމާ އާ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހުމުނާމާގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން ސޮއުކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ޝައްމާނެވެ. އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލަރނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ އައިޝަތު ޝިމްލާއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ޒުވާނުންނަށް ޤައުމީ ފެންވަރުގެ ތަޢުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުންކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޒުވާނުންގެ މެދުގައި ޕްރޮމޯޓްކުރުމުގެ އިތުރުން، މި ތަމްރީނު ޕްރޮގްރާމްތަކުގެ ކުރިއެރުމާއި ފެންވަރު މޮނިޓަރކުރުން ހިމެނެއެވެ. އަދި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓް އެރުވުންވެސް ހިމެނެއެވެ.

އެމް.ޕީ.އެލްއިން ވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ބެޗް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.  މި އެއްބަސްވުން އައުކުރުމަކީ ޒުވާނުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، ގިނަ ފުރުޞަތުތަކެއް ހުޅުވައިދިނުމަށް ލިބިގެންދާ ފަހި ފުރުސަތެއްްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންނަށް ތަމްރީނުދިނުމަށް އެމް.ޕީ.އެލްއާއި ޔޫތު މިނިސްޓްރީން ވެފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އައުކޮށްފިވިޔަފާރި | 2 ދުވަސް ކުރިންގުޅިގެން މަސައްކަތްކުރުމަށް އެމް.ޕީ.އެލްއާއި މިފްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 3 މަސް ކުރިންމާލޭ އުތުރުފަރާތުގެ ބަނދަރު ހިންގަން އެމްޕީއެލްއާ ހަވާލުކޮށްފިޚަބަރު | 4 މަސް ކުރިން