logo
Bank of Maldives

Bank of Maldives

ޚަބަރު

ގަމުގައި ކުޑަ ކުއްޖަކު ރަހީނުކޮށް، ބަރަހަނާކޮށް އަދި ބްލެކް މެއިލް ކުރި މައްސަލައެއް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
2 އޮކްޓޯބަރު 2024 - 05:09
ލ. ގަން -- ފޮޓޯ/ ޓްވިޓާ
ލ. ގަން -- ފޮޓޯ/ ޓްވިޓާ

ލ. ގަމުގައި ކުޑަކުއްޖަކު ރަހީނުކޮށް، ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

އެފަދަ މައްސަލައެއް ހިނގިކަން އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިޔާގައެވެ. އެ މައްސަލަ ހިނގި ގޮތް ކަމުގައި ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ޕޯސްޓުން އިނގޭ ގޮތުގައި އެ ޙާދިސާގައި ހިމެނެނީ ލ. ގަމު ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ ޓީޗަރެއްގެ ދަރިއަކާއި، އެ ސްކޫލުގެ އިތުރު ދަރިވަރުން ތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓުން އިނގޭ ގޮތުގައި، އެ ސްކޫލުގެ އިތުރު ދަރިވަރުންތަކެއް ވަނީ، އެ ޓީޗަރުގެ ދަރިފުޅުގެ ގެއަށް ވަދެ، އެ ކުއްޖާ ރަހީނުކޮށް، ބަރަހަނާ ކުރުމަށްފަހު ވީޑިޔޯކޮށްފައެވެ. އަދި އެ ވީޑިޔޯ ބޭނުންކޮށްގެން ބްލެކް މެއިލް ކޮށްފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެފަދަ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ކަމާގުޅޭ އިދާރާތައް ގުޅިގެން ބަލަމުންދާ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ހިޔާ ފުލެޓުން ވެއްޓުނު މީހަކަށް ފަރުވާދެނީޚަބަރު | 4 ގަޑިއިރު ކުރިންދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް ބޮޑު އަނިޔާއެއް ނުވޭޚަބަރު | 13 ގަޑިއިރު ކުރިންއިންތިޚާބުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ފުލުހުން އެއްބަސްވެއްޖެޚަބަރު | 2 ދުވަސް ކުރިންޑްރަގާއެކު ވިލިނގިލި ފަޅުގައި އޮތް ލޯންޗަކުން ހައްޔަރުކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފިޚަބަރު | 2 ދުވަސް ކުރިން