logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދާ ބިންގަލެއް : މާލީ ވަޒީރު

އައިޝަތު ނަޝާ
6 ނޮވެމްބަރު 2025 - 07:12
މިއީ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދާ ބިންގަލެއް : މާލީ ވަޒީރު

މިއަދު ސޮއިކުރި މަޝްރޫއުތަކަކީ، މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދިޔަ ބިންގަލެއް ކަމަށް  މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، މި މަޝްރޫޢުތަކާއެކު އެކި ފަރާތްތަކުގެ އަތްމަތި ތަނަވަސްވެ ދިވެހި ވިޔަފާރިތަކަށް މާލީ މަންފާ ލިބޭނެ ކަމަށާއި، މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް މިއީ އެޅިގެންދާ ބިންގަލެއް ކަމަށެވެ.

މީގެއިތުރުން، ސަރުކާރުން 206 މަޝްރޫޢުއެއް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށާއި،މީގެ ސަބަބުން ބޭންކުތަކުން ފައިނޭސިންގ ލިބި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ރައްޔިތުން އެދޭ އަވަސް މިނެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

" މިއަދު ސޮއިކުރެވޭ މަޝްރޫޢުތަަށް ސަރުކާރުން ކަނޑައަޅާ ޕާފޯމެންސް މިންގަނޑުތަކާއި، މަސައްކަތުގެ ނަތީޖާ ތަކާއި ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ޤާއިމްކުރެވޭނެ. މިއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއް. މި ޕްރޮގްރާމުގެ ބޭނުމަކީ ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދިނުން. ކޮންމެ މަޝްރޫޢެއް އެކުލަވާފައިވާނީ ރައްޔިތުންގެ ދިރިއުޅުމުގެ ސީދާ އަސަރުކުރާނެ " މާލީ ވަޒީރު މޫސާ ޒަމީރު

ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި ދިވެހި ވިޔަފާރިތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލުކުރަނީ މާލިއްޔަތު ޤަވާދުގެ ތެރެއިން ހަރުކަށި ޝަރުތުތަކާއެކުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ކުންފުނިތަކުން ޤަަވާއިދުން ސަރުކާރަށް ޓެކްސް ދައްކަމުންދޭ: މާލީ ވަޒީރު ޚަބަރު | 16 ދުވަސް ކުރިންމިއީ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދާ ބިންގަލެއް : މާލީ ވަޒީރުޚަބަރު | މަހެއް ކުރިންއަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއްޚަބަރު | މަހެއް ކުރިންއެކްސްޕީރިއަންސް މޯލްޑިވްސް ޕްރޮގްރާމުން ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައި ޑިމާންޑް އިތުރުކޮށްދޭނެ: މާލީ ވަޒީރުޚަބަރު | 2 މަސް ކުރިން