logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ކުރައްވާ މަސައްކަތުގެ ފޮނި މީރުކަން ދަނީ ފެންނަމުން: މާލީ ވަޒީރު

މުޙައްމަދު އަފްރާޙް
6 ޖެނުއަރީ 2026 - 05:04
ރައީސް ކުރައްވާ މަސައްކަތުގެ ފޮނި މީރުކަން ދަނީ ފެންނަމުން: މާލީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތުގެ ފޮނިމީރުކަން މިހާރު ފެންނަން ފަށާފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހއ. ދިއްދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރަން އިންވެސްޓަރުން ޝައުޤުވެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ މިސާލެއްގެ ގޮތުން ރާއްޖޭގެ ބިން ހިންކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ސަރުކާރާއި ހިސާބަށް އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާލެ ވިޔަފާރި ބަނދަރު ބަޔަކަށް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވާތީ، އެކަމަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ނިންމެވުމެއް ރައްޔިތުންނަށް ފައިދާވާ ގޮތަށް މެނުވީ ނުނިންމަވާނެ ކަމަށެވެ. އަދި ވިޔަފާރި ބަނދަރާއި އެނޫންވެސް ތަނެއް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ވަނީ ދޮގުކުރައްވާފައެވެ.

ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ކޮންމެ ޕްރޮޕޯސަލެއް ލިބިލެއްވިއަސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާނެ ކަމަށާއިރައީސް ޑިޒިޝަނެއް ނަންގަވާނީ ޕްރޮޕޯސްލްތަކާއި ވަޒީރުން ވިދާޅުވާ ވާހަކަތަކަށް ވަރަށް ބޮޑަށް ބައްލަވާފައި ކަމަށެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތައް ހިންގާފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނުވަތަ އެތަންތަން ހިންގުމަށް އެއްވެސް ދެމެހެއްޓެނިވި ވިސްނުމެއް ނެތި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރިއަށް ގެންދަވަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހާއި ޚިދުމަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 19 ގަޑިއިރު ކުރިންދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިޚަބަރު | 2 ދުވަސް ކުރިންދައުލަތުގެ ބަޖެޓަށް އައު މަޝްރޫއުތަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިން ޝައިޚް އިސްމާއީލް އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 3 ދުވަސް ކުރިން