logo
މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ: ވަޒީރު މޫސާ ޒަމީރު

އައިޝަތު ނަޝާ
12 އޭޕްރީލު 2026 - 12:25
މާލީ ވަޒީރު މޫސާ ޒަމީރު
މާލީ ވަޒީރު މޫސާ ޒަމީރު

ސުލްހައިގެ މަޝްވަރާތަކުން މިހާތަނަށް ގޮތެއް ނިންމިފަައި ނުވާތީ، ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް  މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީގެ ބައްދަލުވުގައި ޚާރިޖީ ވަޒީރު ވަނީ ސަރުކާރުން ތެލާއި ގޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު ރާއްޖެއިން އެކަން ގާތުން ބަލަމުންދާކަމަށެވެ. ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ޚަބަރާއެކު ސާފުނުކުރާ ތެލުގެ އަގު ދަށަށް ދިޔަ ކަމަށާއި ނަމަވެސް އަގަށް އައި ބަދަލު ސާފުކުރި ތެލުން ފެނިފައި ނުވުމުން، ދެން އެންމެ އަވަހަށް ބަދަލެއް ފެންނާނީ ހޯމަ ދުވަހުގެ ފަހުން ކަމަށެވެ.

މިހާލާތާއި ގުޅިގެން ތެލުގެ އަގު އުފުލި ދައުލަތުގެ ބަޖެޓަށް އެކަމުން ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ އެކި އިދާރާތަކާއިއެކު މިމަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތެލުގެ އަގު ބޮޑުވެގެން އައިސް ރާއްޖޭގެ އާމްދަނީ ދަށަށް ދާތީ މިއަންނަ ބެލެންސަށް އަޅުގަނޑުމެން މަސައްކަތް ކުރަމޭ. މަލްޓިލެޓްރަލް އޭޖެންސީތަކާއި އެނޫންވެސް ތަންތަނުން އެހީ ލިބެން ހުރި ތަންތަނުން އެހީ ހޯދަމުންދަނީ. އެހެންވީމަ ދަތިކަމެއް މިވަގުތަށް ދަންނަވާލަން އޮތީ އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ޝެޑިއުލްގައި އޮތްގޮތަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ." މާލީ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިހާލަތުގައި ތެޔޮ ދެ ސަރަހައްދަކުން ލިބޭނެ ކަމަށް ރާއްޖެއިން ކަަށަވަރު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ތެޔޮ އެެތެރެކުރާ އަމިއްލަ ފަރާތްތަކާއި ގުޅިގެންވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލުގެ އަގު އުފުލިފައިވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ: ވަޒީރު މޫސާ ޒަމީރު ޚަބަރު | 2 ގަޑިއިރު ކުރިންބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: މާލީ ވަޒީރު ޚަބަރު | 3 މަސް ކުރިންރައީސް ކުރައްވާ މަސައްކަތުގެ ފޮނި މީރުކަން ދަނީ ފެންނަމުން: މާލީ ވަޒީރުޚަބަރު | 3 މަސް ކުރިންދިވެހި ކުންފުނިތަކުން ޤަަވާއިދުން ސަރުކާރަށް ޓެކްސް ދައްކަމުންދޭ: މާލީ ވަޒީރު ޚަބަރު | 5 މަސް ކުރިން