logo
MPL

MPL

ޚަބަރު

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް، ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވައިފި

އިސްމާޢިލް ރާތިޢު
6 ނޮވެމްބަރު 2025 - 11:12
ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް، ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވައިފި

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ސުލްޠާން ސަޢުދު ބިން ސުލްޠާން އަލް މުރައިޚީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދެބޭފުޅުން ބައްދަލުކުރައްވާފައި ވަނީ ރައީސް އޮފީހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ފާއިތުވި އަހަރުތަކުގައި ޤަޠަރުން ރާއްޖެއަށް ދެއްވަމުން އައިސްފައިވާ ދީލަތި އެހީއަށް، ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް އަށް ރައީސް ޑރ. މުޢިއްޒު ޝުކުރުއަދާކުރައްވާ، ޤަޠަރުގެ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ވަރަށް ބޮޑު ފައިދާއެއް ވެފައިވާކަމަށް ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ އަޚުވަންތަ ގުޅުމަށް ބައްލަވާލައްވަމުން ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް ވަނީ ރާއްޖެއަށް ޤަޠަރުގެ އެހީތެރިކަން މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން ދެއްވާ، މިހާރަށް ވުރެ އިތުރަށް ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް ބައްލަވާލައްވާފައެވެ.

އަދި މި ޒިޔާރަތުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ލިބިގެންދިޔަ ފުރިހަމަ މެހެމާންދާރީއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ދިވެހި ސަރުކާރަށް، ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަނީ ދެޤައުމަށް ފައިދާކުރާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށްވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ-ޕާކިސްތާން ގުޅުމަށް 60 އަހަރު: ޕާކިސްތާނުން ރައީސްގެ ދެ ކަނބަލުންނަށް ހޫނު މަރުޙަބާއެއްޚަބަރު | 2 ގަޑިއިރު ކުރިންރަސްމާލެއިން ބޭރު މީހުންނަށް ރައްޔިތުކަމެއް ނުލިބޭނެ، އެތާ އެހެން ދީންތަކަށް ފުރުސަތެއް ވެސް ނޯންނާނެ: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފިޚަބަރު | 10 ގަޑިއިރު ކުރިންރައީސް މުއިއްޒުގެ މަސައްކަތްތައް އިދިކޮޅަށް ހަޖަމުނުކުރެވޭ: މުހައްމަދު އަބްދުﷲޚަބަރު | 14 ގަޑިއިރު ކުރިން