logo
Bank of Maldives

Bank of Maldives

ޚަބަރު

"ޢިލްމު ހޯދައިގެން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަށްވުރެ , އުފާވެރި ފުރުޞަތެއް ޙަޔާތުގަ ނާންނާނެ"

އައިޝަތު ނަޝާ
7 ނޮވެމްބަރު 2025 - 16:20
"ޢިލްމު ހޯދައިގެން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަށްވުރެ , އުފާވެރި ފުރުޞަތެއް ޙަޔާތުގަ ނާންނާނެ"

.ލިބޭ ކޮންމެ ޢިލްމަކާއެކު ޒިންމާތަކެއް އުފަންވާއިރު، ޢިލްމު ހޯދައިގެން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަށްވުރެ ވަކި އުފާވެރި ފުރުޞަތެއް ޙަޔާތުގަ ނާންނާނެކަން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ދަސްވެނިވުމުގެ ދެވަނަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމުގައި މީހުން ބިނާކުރުމަށްވުރެ ވަކި މުހިންމު ކަމެއް ނޯންނާނެކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް ޢިލްމީ މީހުން ބޭނުންވެފައިވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމަށް އައިޔޫއެމްއިން ކުރައްވަނީ މުހިންމު މަސައްކަތްތަކެއްކަމަށް، ޚާއްސަކޮށް އަދުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަތޮޅުތަކުގައި އައިޔޫއެމްގެ ގޮފިތައް ގާއިމްކޮށް ރައްޔިތުންނަށް އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްތައް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ދަސްވެނިންނާ މުޚާތަބުކުރައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ އިލްމު ހާސިލްކޮށްގެން ބަޔަކު ޤައުމީ ޚިދުމަތަށް ނުކުތުމަކީ ޤައުމުގެ ރައުސުލްމާލަށް އިތުރުވެގެންދާ ވަރަށްވެސް މުހިންމު އިތުރުވުމެއް ކަމަށެވެ.އަދި ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި އެންމެންގެ ބައިވެރިވުން މުހިންމުކަމަށާއި، ޤައުމެއްގެ ގޮތުގަ ތަރައްޤީވާން ކުރާ މަސައްކަތުގަ އެ ނަތީޖާ ހާސިލްކުރުމަށް ކޮންމެ މީހެއްގެ ހަޔާތަކީ ފުދުންތެރި އުފެއްދުންތެރި ހަޔާތަކަށް ހަދަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ޢިލްމު ހާސިލްކޮށްގެން ވަޒީފާގެ މާހައުލަށް ނިކުމެ އެހެން މީހުންނާއެކު މަސައްކަތްކުރާއިރު، ކަނޑައެޅިފައިވާ އުޞޫލުތަކާއެއްގޮތަކަށް ކަންކަން ހިންގައި ކުރިއަށްދިއުމަށް އަބަދުވެސް ހަނދާންކުރުމަށް ވަޒީރު ނާޒިމްވަނީ ދަސްވެނިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޢިލްމު ހޯދައިގެން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަށްވުރެ , އުފާވެރި ފުރުޞަތެއް ޙަޔާތުގަ ނާންނާނެ"ޚަބަރު | 11 ގަޑިއިރު ކުރިން