logo
Bank of Maldives

Bank of Maldives

ޚަބަރު

ޞިއްޙީ ދާއިރާގެ ތަރައްގީއަށް 5 ބިލިއަން ރުފިޔާގެ މަޝްރޫތަކެއް މިހާރުވެސް

އިސްމާޢިލް ރާތިޢު
24 ޖެނުއަރީ 2026 - 04:51
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް

ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް އެކި މަރުހަލާތަކުގައި 5 ބިލިއަން ރުފިޔާގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.


"ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި، ޞިއްޙީ ދާއިރާގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ނާޡިމް ވިދާޅުވީ، ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި އަރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 7 ސަރަޙައްދުގެ މައި ހޮސްޕިޓަލްތަކުގެ އިތުުރުން ރީޖަނަލް ހޮސްޕިޓަލްތައް ހިމެނޭހެން ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


ޞިއްޙީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކަށް ޚާއްސަކޮށް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރު ހަވާލުވެ، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރަން ބެލިއިރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަމަށް ބޭނުންވާ އިމާރާތުގެ ދަތިކަންކަމަށެވެ. އެހެންކަމުން ޖާގަ ހުރި މިންވަރުން ޚިދުމަތްތައް ފުޅާކުރަމުންދާއިރު، އިތުރު ޚިދުމަތްތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ޚިދުމަތްދޭ 160 އަށްވުރެ ގިނަ ފެސިލިޓީގެ ޢުމްރާނީ ތަރައްޤީއާއި ގުޅޭ މަސައްކަތްތައް ކުރަމުންދާކަމަށް ވަޒީރު ނާޡިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތުގެ އިތުރުން، ހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްތައްވެސް، ވޭތުވެދިޔަ ކައިރި މާޒީއެއްގައި ނާންނަހާ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަވާކަމަށެވެ.

ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޏ.ފުވައްމުލަކު ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލްތަކުގައި ސަބް-ސްޕެޝަލިޓީސްގެ ޚިދުމަތް، އެމް.އާރް.އައިގެ ޚިދުމަތް، ސީޓީ ސްކޭންގެ ޚިދުމަތް، ބްލަޑް ބޭންކުގެ ޚިދުމަތް، ލެބޯޓަރީގެ ޚިދުމަތްތައް ފުޅާކުރުން، ބަލިތައް ދެނެގަތުމުގެ ޚާއްސަ ޓެސްޓުތަކުގެ އިތުރުން ހޮސްޕިޓަލުގެ އެނދުގެ ކެޕޭސިޓީ 100 އަށް އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތަކާއި ޚިދުމަތް ފުޅާކުރުމަށް މިއަހަރަށްވެސް 8.8 ބިިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙީ ދާއިރާ ތަރައްގީކުރުމަށް މިވަގުތުވެސް ޖުމްލަ 5 ބިލިއަން ރުފިޔާގެ މަޝްރޫތަކެއްޚަބަރު | ގަޑިއިރެއް ކުރިންމިމަހު އަތޮޅު ހޮސްޕިޓަލުތަކަށް ލޯންޗު ފޮނުވައި ނިމޭނެ: ވަޒީރު ނާޠިމްޚަބަރު | 6 ދުވަސް ކުރިން"މުޖުތަމައު ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި މި ސަރުކާރުން ދަނީ ނަމޫނާ ދައްކަމުން"ޚަބަރު | 2 މަސް ކުރިން"ޢިލްމު ހޯދައިގެން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަށްވުރެ , އުފާވެރި ފުރުޞަތެއް ޙަޔާތުގަ ނާންނާނެ"ޚަބަރު | 3 މަސް ކުރިން