logo
MPL

MPL

ޚަބަރު

ނ. މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

އިސްމާޢިލް ރާތިޢު
3 ފެބްރުއަރީ 2026 - 04:51
ނ. މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ވަޞީލަތް އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން، ނ. މިލަދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް ހުޅުވައިފިއެވެ.


މި މަރުކަޒު ހުޅުވައިދެއްވީ، ނ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި، ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ޢިމާރާތަކީ އެރަށު ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި ތަރައްޤީކޮށްފައިވާ ޢީމާރާތެކެވެ. އަދި ވަޒީރުގެ މި ދަތުރުފުޅުގައި، އެރަށާއި މާޅެންދޫގައިވެސް ލެބޯޓަރީގެ ޚިދުމަތްވަނީ ރަސްމީކޮށް ފަށްޓަވާދެއްވާފައިވެއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަތުމުން ހުރިހައި ރަށަކުންވެސް އެންމެ ބޮޑަށް ޞިއްޙީ ދާއިރާއިން އެދޭކަމަކީ އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުންކަމަށެވެ. އެހެންކަމުން މިހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ސިއްޙީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެލަނޑުދަނޑި ޙާސިލްކުރުމަށް ސިއްޙީ ދާއިރާގެ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މިލަދޫގައި މީގެކުރިން ލެބޯޓަރީގެ ޚިދުމަތް ދެމުންދިޔައީ މޯބައިލް ލެބޯޓަރީ ޚިދުމަތެއްގެ ގޮތުގައެވެ. އަދި 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިއްޙީ މަރުކަޒުގައި ވަރަށް ދަތި ޙާލުގައި ޚިދުމަތްދެމުންދިޔައިރު ޖާގައިގެ ދަތިކަން އޮތީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ސިއްޙީ މަރުކަޒުގެ އައު ޢިމާރާތާއެކު އާންމު ސިއްޙަތުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށް ބަލިތައް ޖެހުމުގެ ކުރިން ދުރާލާ ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ފުޅާކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2 އަހަރުތެރޭ 9 ރަށުގައި އަންހެނުންގެ ޑޮކްޓަރުން، 6 ރަށެއްގައި އެތެރެހަށީގެ ޑޮކްޓަރުންޚަބަރު | 6 މަސް ކުރިންނ. މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 7 މަސް ކުރިންޞިއްޙީ ދާއިރާ ތަރައްގީކުރުމަށް މިވަގުތުވެސް ޖުމްލަ 5 ބިލިއަން ރުފިޔާގެ މަޝްރޫތަކެއްޚަބަރު | 7 މަސް ކުރިންފާއިތުވި 30 އަހަރު މާލޭ އޭރިޔާގެސިއްޙީ ނިޒާމުގައި ހުރީ 316 އެނދުޚަބަރު | 2 އަހަރު ކުރިން