logo
MPL

MPL

ޚަބަރު

ފާއިތުވި 30 އަހަރު މާލޭ އޭރިޔާގެސިއްޙީ ނިޒާމުގައި ހުރީ 316 އެނދު

އަޙްމަދު ޒަލީފް
10 ޑިސެމްބަރު 2024 - 13:52
ފާއިތުވި 30 އަހަރު މާލޭ އޭރިޔާގެސިއްޙީ ނިޒާމުގައި ހުރީ 316 އެނދު

 މާލެ ސަރަޙައްދުގައި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ސިއްޙީ ނިޒާމުގައި ހުރީ 316 އެނދު ކަމަށާއި، ރާއްޖޭގެ އާބާދީއަށް ބަލާއިރު، ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އަބަދުވެސް ކުރިމަތިވަމުންދާ އެންމެ ބޮޑު ހުރަހަކީ އެއީ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ޞިއްޙީ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާ ޙަލީމް ވިދާޅުވީ، އަންނަ އަހަރު ކުރީކޮޅު މާލެ ސަރަޙައްދުގެ ސިއްޙީ ނިޒާމަށް 117 އެނދު އިތުރުކުރެވޭނެކަމަށާއި، މިމަޝްރޫޢުގެ ދަށުން އެނދުތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދަނީ އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ.

ޒަމާނުއްސުރެ ރާއްޖޭގެ މުޅި ސިއްޙީ ނިޒާމު ބަރޯސާވެފައިވަނީ މާލެ ސަރަޙައްދުގައި ހިމެނޭ ހޮސްޕިޓަލްތަކަށެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދާ މާލޭ ސަރަޙައްދުގައި އެކަށީގެންވާ މިންވަރާ ގާތަށްވެސް ސިއްޙީ ޚިދުމަތުގެ ފެންވަރު މައްޗަށް ގެންދެވިފައިނުވެއެވެ. ގިނަ ޚިދުމަތްތައް ތަޢާރަފްކޮށް ޚިދުމަތްފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ އަބާދީއާއި ނުބައްދަލު އެނދުގެ ރޭޝިއޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ހުޅުމާލޭ ހޮސްޕިޓަލުގެ 6 ބުރީ ޢިމާރާތުގެ 3 ވަނަ ފަންގިފިލާއަކީ ވޯޑެއްގެ ގޮތުގައި ހަމަޖައްސާ އެތަނަށް 28 އެނދު އިތުރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ. މިއީ އަންނަ އަހަރުގެ ކުރީކޮޅަށް ރާވާފައިވާ ބައެއް މަސައްކަތްތައްކަމަށް ސީއީއޯ ވިދާޅުވިއެވެ. މިމަޝްރޫޢުތަކާއެކު މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލުތަކުގެ އެނދުގެ ކެޕޭސިޓީ 433 އަށް އިތުރުވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިން"ވަރުގަދަ މުއައްސަސާއެއް ބިނާވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ މައްޗަކަށް ނޫން"ޚަބަރު | 4 މަސް ކުރިން2 އަހަރުތެރޭ 9 ރަށުގައި އަންހެނުންގެ ޑޮކްޓަރުން، 6 ރަށެއްގައި އެތެރެހަށީގެ ޑޮކްޓަރުންޚަބަރު | 6 މަސް ކުރިންނ. މިލަދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 7 މަސް ކުރިން