logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަސްލު ގޯޓާއި ބޭބީ ގޯޓު ގަދަ ހިފުމަކަށް ނިކުންނަނީ

އަބްދުﷲ ޣާނިމް
8 ނޮވެމްބަރު 2025 - 05:12
އަސްލު ގޯޓާއި ބޭބީ ގޯޓު ގަދަ ހިފުމަކަށް ނިކުންނަނީ

ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނާއި ކޮޕާ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާ ފައިނަލިސިމާ މެޗު މާރޗް 27 ގައި ގަތަރުގެ ދޯހާގައި ބާއްވަން ފީފާއިން ކަށަވަރުކޮށްފިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލުސައިލް ސްޓޭޑިއަމްގައެވެ. މި ބައްދަލުވުމަކީ ގިނަ ބަޔަކު މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ޤަބޫލުކުރާ ލިއޮނަލް މެސީ (ގޯޓު) އާއި ލަމީން ޔަމާލް (ބޭބީ ގޯޓު) ބައްދަލުކުރާނެވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަދި މެޗެކެވެ.

މި މެޗަކީ ފައިނަލެއްގެ ފުރިހަމަ މާހައުލެއްގައި ބޭއްވުމަށް ފީފާއިން ވަނީ ރާވާފައެވެ. އެގޮތުން ޓީމުތައް އެރައިވްވުން، ތަމްރީނުތައް އަދި ނޫސްވެރިންގެ ބައްދަލުވުންތައް ވެސް ބޮޑު ފެންވަރެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

577018751_1489144123013074_1512328703728057420_n.jpg

ގޯޓާއި ބޭބީ ގޯޓު

 

ފުރަތަމަ މި މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ މާރޗް 28 ގައެވެ. ނަމަވެސް ފީފާއިން ވަނީ އެ ތާރީޚް އެއް ދުވަސް ކުރިއަށް ޖައްސާ މާރޗް 27 ވާ ހުކުރު ދުވަހަށް ބަދަލުކޮށްފައެވެ. މި ފައިނަލިސިމާ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޕެއިން ވޯލްޑް ކަޕަށް ސީދާ ގޮތެއްގައި ކޮލިފައިވުމުންނެވެ. މިކަން ވާނެ ކަމަށް ބެލެވެއެވެ.

ޔޫއެފާގެ މެޗު ކޯޓާގެ ޝަރުތުތައް ފުރިހަމަ ކުރުމަށްޓަކައި، ސްޕެއިންގެ ފެޑެރޭޝަނުން ދަނީ މާރޗްގެ އިންޓަރނޭޝަނަލް ވިންޑޯގައި ދެވަނަ ރަޙުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ރާވަމުންނެވެ. މި މެޗު ވެސް ދޯހާގައި ނުވަތަ ކައިރީގެ ގައުމެއްގައި ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މި މެޗުގައި ސްޕެއިން ކުޅޭނީ އެމީހުންގެ ހުދު އެވޭ ކިޓުގައެވެ، އަދި އާޖެންޓީނާ ކަޅު ކިޓުގައި ކުޅޭނެ ކަމަށް ލަފާކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ބާސެލޯނާއަށް އެނބުރިއައުން ހުއްޓުވީ ލަޕޯޓާ - ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީކުޅިވަރު | 4 ދުވަސް ކުރިންޔަމާލުގެ މޮޅުވި ޖާދޫ ގޯލާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަތަރު ގޯލުގެ ލީޑެއް ނަގައިފިކުޅިވަރު | 5 ދުވަސް ކުރިންފީފާގެ ނިވަލުގައި ސުލްޙައިގެ އިނާމުހޯދައި އިރާނަށް ޓެރަރިސްޓް ހަމަލާދިން ޓްރަމްޕް ގޯޓް މެސީ އާއި ބައްދަލުކޮށްފިކުޅިވަރު | 7 ދުވަސް ކުރިންލަމީން ޔަމާލްއަށް ޕީއެސްޖީން 250 މިލިއަން ޔޫރޯ ހުށަހެޅިކަން ލަޕޯޓާ ކަށަވަރުކޮށްދީފިކުޅިވަރު | 17 ދުވަސް ކުރިން