logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލަމީން ޔަމާލްއަށް ޕީއެސްޖީން 250 މިލިއަން ޔޫރޯ ހުށަހެޅިކަން ލަޕޯޓާ ކަށަވަރުކޮށްދީފި

އަބްދުﷲ ޣާނިމް
24 ފެބްރުއަރީ 2026 - 04:53
ލަމީން ޔަމާލްއަށް ޕީއެސްޖީން 250 މިލިއަން ޔޫރޯ ހުށަހެޅިކަން ލަޕޯޓާ ކަށަވަރުކޮށްދީފި

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވަނީ، އެ ކްލަބުގެ ޒުވާން ތަރި ލަމީން ޔަމާލް ހޯދުމަށް ފްރާންސްގެ ޕީއެސްޖީން 250 މިލިއަން ޔޫރޯގެ ބޮޑު ހުށަހެޅުމެއް ހުށަހެޅިކަން އަނެއްކާވެސް ކަށަވަރުކޮށްދީފައެވެ. މި ހުށަހެޅުމަކީ ޔަމާލް ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ވުމުގެ ކުރިން ލިބުނު ހުށަހެޅުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ލަޕޯޓާ މިކަން ހާމަކުރެއްވީ އޭނާގެ ފޮތް ކަމަށްވާ (މިއީ އަހަރެމެން ބާސާ ސަލާމަތްކުރި ގޮތް) ނެރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ލަޕޯޓާ ބުނެފަެިވަނީ ، "ޕީއެސްޖީން ލަމީން ޔަމާލްއަށް 250 މިލިއަން ޔޫރޯ ހުށަހެޅުމުން އަހަރެމެން އެކަން ދޫކޮށްލިއިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރު. އެ ވަގުތު ބައެއް މީހުންނަށް ހީވީ އަހަރެމެންނަކީ މޮޔައިން ކަމަށް،" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕީއެސްޖީން މި ހުށަހެޅުން ހުށަހެޅީ 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ކުރިންނެވެ. އެ މުބާރާތުގައި ސްޕެއިން ތަމްސީލުކޮށް ޔަމާލް ވަނީ މުޅި މުބާރާތުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

ޔޫރޯ މުބާރާތަށްފަހު ޔަމާލްގެ އަގާއި މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިހާރު އޭނާ އަކީ ބާސެލޯނާގެ މަޝްހޫރު ނަންބަރު 10 ޖާޒީގައި ކުޅެމުން އަންނަ މުހިންމު ކުޅުންތެރިއެކެވެ. ޔަމާލްގެ ކުޅުން ކުރިއަރަމުންދާ ގޮތަށް ބަލާއިރު، އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ބާސެލޯނާއިން ނުގެންގުޅޭކަން މިހާރު ވަނީ ސާފުވެފައެވެ.

ބާސެލޯނާގެ މާލީ ހާލަތު ދަތި ދަނޑިވަޅެއްގައިވެސް، އެހާ ބޮޑު އަދަދެއްގެ ހުށަހެޅުމަކަށް ނޫނެކޭ ބުނުމުން ދޭހަވަނީ ކްލަބުގެ މުސްތަގުބަލަށް ޔަމާލްގެ މުހިންމުކަން އޮތް މިންވަރެވެ. ޔަމާލް މިހާރު ބެލެވެނީ ދުނިޔޭގެ ފުޓްބޯޅައިގައި ހުރި އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށްކުޅިވަރު | 3 ދުވަސް ކުރިންމިޞްރު މެޗުގައި އިސްލާމްދީނަށް ކުޑައިމީސްކޮށް ހިންގި އަމަލުތައް ލަމީން ޔަމާލް ކުށްވެރިކޮށްފިކުޅިވަރު | 17 ދުވަސް ކުރިންމެސީއާއި ޔަމާލުގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފައިނަލީސިމާ ކެންސަލްކުޅިވަރު | މަހެއް ކުރިންޔަމާލުގެ މޮޅުވި ޖާދޫ ގޯލާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަތަރު ގޯލުގެ ލީޑެއް ނަގައިފިކުޅިވަރު | މަހެއް ކުރިން