އައްޑޫ މިސްކިތަށް ގެއްލުން ދިން މައްސަލަ ތަހުގީގުކުރަނީ
11 ނޮވެމްބަރު 2025 - 04:25

އައްޑޫ މިސްކިތަށް ގެއްލުން ދިން މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ގެއްލުން ދީފައިވަނީ ހިތަދޫ މަސްޖިދުލް އުމަރުލް ފާރުގަށެވެ. އެ ބަޔަކު ވަނީ މިސްކިތުގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލައި، ފަންކާ ހަލާކުކޮށް، ކަރަންޓު ބޯޑަށް ވެސް ގެއްލުންތަކެއް ދީފައިވެއެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. މި މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ވުޒާރާއިން މަސައްކަތް ފަށާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތިވަމުންނެވެ.


