logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ އަޒީޒާ މިސްކިތުގެ އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި ބަދަލުގައި ހަމަ ޖައްސާފައިވާ ފަރާތް ސަސްޕެންޑްކޮށްފި

އާމިނަތު ޝަފާ
30 މާރިޗު 2025 - 04:51
ހުޅުމާލެ އަޒީޒާ މިސްކިތް// ފޮޓޯ: އަލީ ސުލައިމާން
ހުޅުމާލެ އަޒީޒާ މިސްކިތް// ފޮޓޯ: އަލީ ސުލައިމާން

ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތް ސަސްޕެންޑްކޮށްފިއެވެ.

މިއަދު ހުޅުމާލެ މަސްޖިދުލް ޢަޒީޒާ މޫސާގައި މިއަދު ޢީދު ޚުތުބާކީ ޢަރަބި ބަހުންނެވެ. ޢީދު ނަމާދު ފެށީ އީދު ނަމާދުކުރަން ހަމަޖެހިފައިވާ ގަޑިއަށްވުރެ 7 މިނިޓް ލަހުނެވެ. އީދު ނަމާދު ގަޑިއަސް ނުކުރެވުނީ ޢީދު ނަމާދު ކުރަން ހަމަޖައްސާފައިވާ މީހާއާއި ބަދަލުގައި ހަމަޖައްސާފައިވާ މީހާވެސް ނަމާދަށް ނުދިއުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުމާއެކު އެ މިސްކިތުގައި އިމާމުވެ އީދު ނަމާދުކުރީ ބިދޭސީއެކެވެ. މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުޞޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުޠުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެކަމަށެވެ. އަދި އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ކަމާބެހޭ ޔުނިޓަށް އަންގާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ބުދައިރު، ވަޒީރު ޑރ. ޝަހީމްއާ ބައްދަލު ކުރައްވައިފިޚަބަރު | 6 މަސް ކުރިންހުޅުމާލެ އަޒީޒާ މިސްކިތުގެ އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި ބަދަލުގައި ހަމަ ޖައްސާފައިވާ ފަރާތް ސަސްޕެންޑްކޮށްފި ޚަބަރު | 7 މަސް ކުރިން ފަގީރުންނަށް ޒަކާތު ފައިސާ ޖަމާކޮށްފި، 5 ލައްކަ ރުފިޔާ ޣައްޒާގެ ކުޑަކުދިންނަށްޚަބަރު | 7 މަސް ކުރިންއަސްކޮއި ޖަމާއަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ބަލަނީ ޚަބަރު | 7 މަސް ކުރިން